Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ދަރަނި

ރައީސް ޑރ.މުޢިއްޒުގެ ސަރުކާރަށް 119 ބިލިއަން ރުފިޔާގެ ދަރަންޏެއް ވާރުތަވި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުނުއިރު ދިވެހި ދައުލަތުގެ ޖުމްލަ ދަރަނި 119 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ހާމަވެއްޖެއެވެ.

މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތުގެ ދަރަންޏަށް އައިސްފައިވާ ބަދަލުތަކުގެ ތަފުސީލީ ހިސާބުތަކަށް މާލީ ވުޒާރާއިން ޝާއިއުކޮށްފައިވާއިރު، އެ ހިސާބުތަކަށް ބަލާއިރު ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނިވަނީ 118.8 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ދައުލަތުގެ ޖުމްލަ ދަރަނީގެ ތެރެއިން ބޭރުގެ ދަރަންޏަކީ 50.9 ބިލިއަން ރުފިޔާއެވެ. އަދި އެތެރޭގެ ދަރަންޏަކީ 66.3 ބިލިއަން ރުފިޔާއެވެ. ޖުމްލަ ދަރަނި 118.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު އެއީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 110.9 އިންސައްތައެވެ.

އަދި ބޭރުގެ ދަރަނި ހުރީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 47.5 އިންސައްތާގައެވެ. އެތެރޭގެ ދަރަނިވަނީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން %63.3 އަށް އަރާފައެވެ.

އެ ދަރަނީގެ ތެރެއިން 10 ބިލިއަނެއްހައި ރުފިޔާއަކީ އިންޑިއާއިން ނަގާފައިވާ ދަރަންޏެވެ. އިންޑިއާއިން ނަގާފައިވާ ދަރަނީގެ ތެރެއިން 5.4 ބިލިއަން ރުފިޔާއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ ދަރަންޏެވެ. ރާއްޖެއަށް ދޫކޮށްފައިވާ ދަރަނީގެ ފައިސާގެ 38 އިންސައްތައަކީ އެގްޒިމް ބޭންކުން ދޫކުރި ފައިސާއެވެ.

އަދި ދޭން ނިންމައި މިހާތަނަށް ދޫނުކޮށް ހުރި ދަރަނީގެ ފައިސާގެ ތެރެއިން އެންމެ ބޮޑު ނިސްބަތެއްވެސް ހިއްސާކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އެގޮތުން އެގްޒިމް ބޭންކުން މިހާތަނަށް ދޫނުކުރާ 16.6 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އެއީ އެކި ފަރާތްތަކުން ނަގާފައިވާ ދަރަނިން ދޫނުކޮށް ހުރި 26.3 ބިލިއަން ރުފިޔާގެ %63 އެވެ.

ރައީސް ޑރ.މުޢިއްޒުވަނީ ދަރަނި އަދާކުރުމުގައި ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމާއެކު، ދަރަނި ރިފައިނޭންސްކުރެވޭނެ ގޮތްތަކެއް ފަހިކުރައްވައި ދަރަނީގެ ބުރަ ދިވެހި ރައްޔިތުންނަށް ތަހައްމަލުކުރަންނުޖެހޭނެ އިންތިޒާމުތަކެއް ތަރުތީބުކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

މި ލިއުމާއި ގުޅޭ