Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން ހަކުރު ބަލީގެ އާ ކެއާ ބަންޑަލްތަކެއް ތައާރަފްކޮށްފި

ހަކުރުބަލީގެ ފަރުވާ އަގުހެޔޮކަމާއި، ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުން ހަކުރު ބަލީގެ އާ ކެއާ ބަންޑަލްތަކެއް ތައާރަފްކޮށްފި އެވެ.
އެ ހިދުމަތްތައް މިއަދު ފަށާފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ މައި ދޮރުމަތީގައި "ޑައިބެޓީސް ރޯޑްޝޯ ސްކްރީނިން" އެއް ބާއްވައިގެންނެވެ. އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ ސްކްރީނިން ހަރަކާތް ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 6:00 އިން ރޭގަނޑު 8:00 އަށެވެ.
އެ ރޯޑްޝޯގައި ހަކުރު ބަލިން ރައްކާތެރިވުމާއި ބެހޭ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސްޕެޝަލިސްޓުންގެ ލަފަޔާއި އިރުޝާދު ހޯދުމާއި، ހަކުރު ބަލީގެ ސްކްރީނިން ހެދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ހަކުރު ބަލީގެ ރޯޑްޝޯގައި ލިބެން ހުންނަ އެ ބަންޑަލްތަކުގެ މަގުސަދަކީ އެ ހޮސްޕިޓަލުން ބުނި ގޮތުގައި ހަކުރު ބަލީގެ ސްކްރީން ކުރުމުގެ މަރުހަލާ ހަރުދަނާކޮށް، މާލީ ތަކުލީފަކާ ނުލައި ބަލި މީހުންނަށް ފުޅާ ދާއިރާއެއްގައި ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.
އެކި ޕޭޝަންޓުންގެ ހާލަތްތަކަށް ހާއްސަކޮށްގެން އެކުލަވާލާފައިވާ ބަންޑަލްތަކަކީ؛
ވެއިޓް މެނޭޖްމަންޓް ބަންޑަލް: މި ބަންޑަލް އަމާޒުކުރަނީ ހަކުރު ބަލީގެ އެއް ނުރައްކާ ކަމަށްވާ އޮބެސިޓީ ނުވަތަ ބަރުދަން އިތުރުވާ މީހުންނަށެވެ. އެ ބަންޑަލްގެ ތެރޭގައި ބަރުދަން ބެލެހެއްޓުމާއި މުޅި ސިއްހީ ހާލަތު ދެނެގަތުމުގެ ތަހުލީލުތައް ހިމެނެ އެވެ.
ޑައިބެޓީސް ބަންޑަލް: ހަކުރު ބަލީގެ ނުރައްކާ ނުވަތަ ހަކުރު ބަލީގެ ނުރައްކާ ހުންނަ މީހުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ބަންޑަލްގައި ލޭގައި ހަކުރު ހުންނަ މިންވަރު ބެލުމަށާއި ދިމާވެދާނެ މައްސަލަތައް ދެނެގަތުމަށް ކޮންމެހެން ކުރަންޖެހޭ ޓެސްޓުތައް ހިމެނެ އެވެ.
ތައިރޮއިޑް ބަންޑަލް: ހަކުރު ބަލީގެ މީހުންގެ ތައިރޮއިޑް ޑިސްއޯޑާގެ އާންމު ކޮމޯބިޑިޓީއަށް އެޑްރެސްކޮށް، މި ބަންޑަލް އިން ބަލި މީހާގެ ހޯމޯނަލް ބެލެންސް ކަށަވަރު ކުރުމަށް ކޮމްޕްރެހެންސިވް ތައިރޮއިޑް ފަންކްޝަން ޓެސްޓިން ލިބޭނެ އެވެ.
އޮސްޓިއޯޕޮރޯސިސް ބަންޑަލް: މި ބަންޑަލްގައި ހިމެނޭ ޓެސްޓުތަކުން، ހަކުރު ބައްޔާ ގުޅިފައިވާ ބައްޔެއް ކަމަށްވާ އޮސްޓިއޯޕޮރޯސިސް ދެނެގަނެ، ވަގުތު އޮއްވައި އިންޓަވެންޝަން އަދި ޕްރިވެންޝަން އަށް މަގުފަހިކޮށްދޭނެ އެވެ.
ޓްރީޓޮޕުން ބުނި ގޮތުގައި އެ ބަންޑަލްތަކުގެ އެޑްވާންޓޭޖަކީ އަގުހެޔޮކަމާއި، ފަސޭހަކަމެވެ. އެގޮތުން ހޮސްޕިޓަލުން ބުނި ގޮތުގައި؛
އެފޯޑެބިލިޓީ: ޕްރައިސިން ސްޓްރަކްޗާގެ ސަބަބުން ތަހުލީލުތަކުގެ ޖުމްލަ ހަރަދު ކުޑަވެ، ހަކުރު ބަލީގެ ސްކްރީނިން ބަލި މީހުންނަށް ފަސޭހައިން ލިބެން ހުންނާނެ އެވެ.
ފަސޭހަކަން: ތަހުލީލުތަކަށް ސްޓްރީމްލައިންޑް ޕްރޮސެސްއަކުން ބަލި މީހުންނަށް މެދުކެނޑުމެއް ނެތި އަދި ޓެއިލަރ މޭޑް އެކްސްޕީރިއަންސެއް ލިބިގެންދެއެވެ.
ކޮމްޕްރިހެންސިވް ކެއާ: ކޮންމެ ބަންޑަލަކުން ވެސް ވަކި ޕޭޝަންޓެއްގެ ހާލަތަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޓެސްޓުތަކުގެ ފުރިހަމަ ސެޓެއް ފޯރުކޮށްދެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި އެ ބަންޑަލްތައް ތައާރަފްކުރުމަކީ ބަލިމީހުންނަށް ފެންވަރު ރަނގަޅު، ހެޔޮ އަގުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ގެންގުޅޭ އަމާޒާ ގުޅިފައިވާ ކަމެކެވެ. އެގޮތުން ހަކުރު ބަލީގެ ސްކްރީނިން އާއި ކެއާއަށް ހުރި މާލީ ހުރަސްތަކަށް ހައްލު ހޯދައިދީ، އެ ޓީމުގެ އަމާޒަކީ އަވަހަށް ބަލި ދެނެގަތުމާއި ވަގުތުން އިންޓަވެންޝަން ކުރުމާއި ބަލި މީހުންނަ ފަރުވާ ލިބޭ ނަތީޖާ ރަނގަޅު ކުރުން ކަމަށެވެ.
މި ލިއުމާއި ގުޅޭ