Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ދިވެހި ސަރުކާރާއި ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނާއެކު: ރައީސް ޑރ.މުޢިއްޒު

ދިވެހި ސަރުކާރާއި ދިވެހިރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނާއެކުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އިއްޔެ އެމަނިކުފާނުގެ އަރިހަށް ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަލީދު އޭ. އެމް. އަބޫޢަލީ ކުރެއްވި ޒިޔާރަތުގައި އޭނާއާ ބައްދަލުކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ.މުޢިއްޒުވަނީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް އަނބުރާ އިއާދަކުރުމަށް ކުރާ މަސައްކަތުގައި އެމަނިކުފާނާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފުރިހަމަ ހިފަހެއްޓުމެއް ނެތް ތާއީދު އޮތްކަން ހާމަކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނާއެކުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރަށް މިހާރު އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ ލާއިންސާނީ އުދުވާނުތަކެއްކަމަށް ސިފަކުރައްވައި، އެ އަނިޔާވެރި އަމަލުތައް ރައީސްވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

އަދި ފަލަސްޠީނުގެ ސަރަހައްދު 1967 ވަނަ އަހަރުގެ ކުރިން އޮތް ގޮތަށް އިއާދަކޮށް، އެ ރޮނގުތަކުގެ މަތީގައި މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމުވެގެންދިއުމަށާއި، އެ ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ޤާއިމުވުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފަލަސްޠީނުގެ ސަފީރާއި ރައީސްވަނީ ޣައްޒާއާއި ފަލަސްޠީނުގެ އެހެނިހެން ސަރަހައްދުތައް ބަންދުކޮށްފައި އޮންނާތީއާއި، އިސްރާއީލުން ހިންގަމުންދާ އުދުވާނުތަކުގެ ސަބަަބުން ކުރިމަތިވެފައިވާ ނާޒުކު ހާލަތާ ގުޅޭގޮތުންނާއި، އެ ހާލަތުން އަރައިގަތުމަށް ވަގުތުން ހަމަލާތައް ހުއްޓާލައި އިތުރަށް ފަހިވާންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ފަލަސްޠީނުގެ ސަފީރުވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ރައީސް ޑރ.މުޢިއްޒު ހަވާލުވެވަޑައިގަތުމާ ގުޅިގެން ސަފީރުގެ ނަންފުޅުގައާއި ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސްގެ ނަންފުޅުގައި ރައީސަށް މަރުހަބާ ވިދާޅުވެފައެވެ.

އެ ބައްދަލުވުން ނިންމަވައިލެއްވުމުގެ ގޮތުން ރައީސް ޑރ.މުޢިއްޒުވަނީ ރާއްޖެއާއި ފަލަސްޠީނުގެ މެދުގައި އަބަދުވެސް އޮންނަ އެއްބާރުލުމާއި އަޚުވަންތަކަމުގެ ގުޅުންތައް އެގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ލިއުމާއި ގުޅޭ