Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖޯ ބައިޑަން

ފަލަސްތީނަށް ހަމަލާދޭ އިސްރާއީލު އާބާދުވެރިންނަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅިދާނެ ކަމުގެ އިންޒާރު ބައިޑަން ދެއްވައިފި

ވޮޝިންޓަން ޑީސީ (ނޮވެމްބަރ 19) - ފަލަސްތީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނާ ދެކޮޅަށް ދޭ ހަމަލާތަކުގައި ބައިވެރިވާ އިސްރާއީލުގެ ވަޒަންވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ވޮޝިންޓަން ޕޯސްޓުގައި ހޮނިހިރު ދުވަހު ޝާއިއުކުރި އޮޕްއެޑެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފަ އެވެ.
މިއީ އިޒްރޭލުގެ ވަޒަންވެރިންނާ ދެކޮޅަށް ވަކިވަކިން ދަތިކުރުމުގެ ފިޔަވަޅުއެޅުމާ މެދު ވިސްނަމުންދާ ކަމަށް އެމެރިކާއިން ފާޅުގައި ބުނި ފުރަތަމަ ފަހަރެވެ.
ބައިޑަން ލިޔުއްވާފައިވާ ގޮތުގައި ހުޅަނގު އައްސޭރީގައި ފަލަސްތީނާ ދެކޮޅަށް ހިންގާ ހަރުކަށި ފިކުރުގެ ހަމަނުޖެހުންތައް ހުއްޓާލަން ޖެހޭ ކަމަށާއި ހަމަނުޖެހުން ހިންގާ މީހުން ޖަވާބުދާރީ ވާން ޖެހޭ ކަމަށް އިޒްރޭލުގެ ލީޑަރުންނާ އެކު ވަރަށް ބޮޑަށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ހުޅަނގު އައްސޭރީގައި އާންމުންނަށް ހަމަލާދޭ ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ވިސާ މަނާކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް އެމެރިކާ އޮތީ ތައްޔާރަށެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާއަށް ފަހު، އިސްރާއީލުގެ ވަޒަންވެރިން ހުޅަނގު އައްސޭރީގައި ކުޑަ ކުއްޖަކާ އެކު ފަލަސްތީނުގެ އަށް މީހަކު ޝަހީދުކޮށް، 70 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވާ ކަމަށް އދ.ގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ ތެރެއިން ތިންބައިކުޅަ އެއްބައި ހާދިސާތަކުގެ ތެރޭގައި ބަޑި ޖެހުމުގެ އިތުރުން ހަތިޔާރާއެކު އިންޒާރު ދިނުން ހިމެނެ އެވެ. ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހާދިސާތަކުގައި އިސްރާއީލު ސިފައިން ތިބީ ހަމަލާދިން މީހުންނާ އެކު ނުވަތަ އެކްޓިވްކޮށް އެހީތެރިކަން ފޯރުކޮށްދެމުން، ކަމަށް އދ. އިން ބުނެއެވެ.

ހުޅަނގު އައްސޭރީގެ ފަލަސްތީނަށް ދޭ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވި ބައްދަލުވުންތަކުގައި ބައިޑަން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައި ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވި އެވެ. ހަރުކަށި ފިކުރުގެ ޔަހޫދީ ވަޒަންވެރިން ދޭ ހަމަލާތަކަކީ އަލިފާނަށް ޕެޓްރޯލް އެޅުން ކަމަށް ބައިޑަން ވަނީ މިދިޔަ މަހު ވަނީ ސިފަކުރައްވާފ އެވެ.
އެމެރިކާއިން އިޒްރޭލަށް އެމެރިކާގެ ދިފާއީ ކުންފުނިތަކުން އެތައް ހާސް އެމް16 ރައިފަލް ގަތުމުގެ ހުއްދަ ދިނީ ހުޅަނގު އައްސޭރީގެ އާބާދީތަކުގައި ތިބި މަދަނީ ރެސްޕޮންސް ޓީމުތަކަށް ހަތިޔާރު ނުދާނެ ކަމުގެ ޔަގީންކަން ލިބުމުންނެވެ. މި ވައުދަކީ ބައިޑަންގެ ސަރުކާރާއި ކޮންގްރެސްގެ މުހިންމު ޝަރުތެކެވެ.
ބައިޑަން ހޮނިހިރު ދުވަހު ލިޔުއްވާފައިވާ ގޮތުގައި ހަނގުރާމަ ނިމުމަށްފަހު، ޣައްޒާއާއި ހުޅަނގު އައްސޭރި އަލުން ގުޅެންޖެހޭނީ އެއް ވެރިކަމުގެ އޮނިގަނޑެއްގެ ދަށުންނެވެ. އަދި އެ ވެރިކަމަކީ ފަލަސްތީނު އޮތޯރިޓީއެއްގެ ދަށުން، ހިންގާ ވެރިކަމަކަށް ވާންޖެހޭނެކަމަށެވެ.
އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަނީ ދެ ދައުލަތުގެ ހައްލަކަށް، ބައިޑެން ވިދާޅުވިއެވެ.
ބައިޑެން މިހެން ވިދާޅުވިނަމަވެސް، ހޮނިހިރު ދުވަހު ނަތަންޔާހޫ ވަނީ އެ އޮތޯރިޓީގެ ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ އިސްލާހީ ފަލަސްތީނުގެ ލީޑަޝިޕަކާ މެދު ބައިޑަން ގެންގުޅުއްވާ ވިސްނުމާ ވަރަށް ދުރު ވިސްނުމެކެވެ.
މި ލިއުމާއި ގުޅޭ