Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޮލީ ބޯލް

ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ބާއްވަން އަނެއްކާ ވެސް އިއުލާނުކޮށްފި

މައްސަލަ ގަނޑެއްގެ ތެރޭގައި އޮތް ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(ވީއޭއެމް)ގެ "އެސޯސިއޭޝަން ކަޕް"ގައި ބައިވެރި ވާން ހުޅުވާލައިފިއެވެ.

މި މުބާރާތް ބޭއްވުމަށް މި އަހަރުގެ ކުރީ ކޮޅުވެސް އިއުލާނު ކުރި އެވެ. ނަމަވެސް ބައިވެރިވުމަށް ހުޅުވާލުމުން ބައިވެރިވި ޓީމްތައް ގިނަ ކަމަށް ބުނެ އެފަހަރު ވަކިތާރީޚެއް ނެތް ގޮތަށް މުބާރާތް އޮތީ ފަސްކޮށްފައެވެ.

ވީއޭއެމް އިން އިއްޔެ ކުރި އިއުލާގައިވާގޮތުން މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 27 ވަނަ ދުވަހު، އެކުވެނި ޓަރފް ވޮލީކޯޓު އަދި ސޯޝަލް ސެންޓަރ އިންޑޯ ހޯލްގައެވެ.

ފިރިހެން އަދި އަންހެން ޑިވިޝަން ބާއްވަން ނިންމާފައިވާ މި މުބާރާތުގެ ފިރިހެން ބައިގައި ބައިވެރިވާ ޓީމްތަކުން ބައިވެރިވާން އެދި ފޯމް މިމަހުގެ 21 ވަނަ ދުވަހު ހުށަހަޅަން ޖެހެއެވެ. އަދި އަންހެން ޑިވިޝަންގައި ވާދަކުރާ ޓީމްތަކުން މިމަހުގެ 23 ވަނަ ދުވަހު އެކަމަށް އެދި ފޯމް ހުށަހަޅާން ޖެހެއެވެ.

ތިން އަހަރަށް ފަހު، ވޮލީބޯޅަ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވާއިރު، ސްޕޯޓްސް ކޮމިޝަނުންވަނީ އެޖަލްސާ ގަވާއިދާ އެއްގޮތަށް ގެންގޮސްފައިނުވާތީ އަލުން އެ ޖަލްސާ ބާއްވަން ވޮލީބޯޅަ އެސޯސިއޭޝަނާއި ކްލަބްތަކަށް އަންގައިފައެވެ.

މި ލިއުމާއި ގުޅޭ