Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އަދީބް ރާއްޖެއިން ބޭރަށް ފުރައިފި

އެމްއެމްޕީއާރުސީގެ އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި އުޅުއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ރާއްޖެއިން ބޭރަށް ވަޑައިގެންފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ސާބިތުބެ 20 އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފައިވާ އަދީބަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މައާފު ދެއްވިތާ ފަސް ދުވަހުގެ ތެރޭ ރާއްޖެއިން ބޭރަށް ވަޑައިގެންފިއެވެ.

މިދިޔަ ހޯމަ ދުވަހު އަދީބާއި ޒިޔަތަށް ރައީށް ސޯލިހު ވަނީ މައާފު ދެއްވާފައެވެ. ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު ވަނީ އަދީބު އާއި ޒިޔަތުގެ ޖަލުހުކުމް ލުއިކޮށްދެއްވައިފައެވެ.މިއާއެކު އަދީބު ވަނީ ރޭގެ ވަގުތެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އަދީބު ބޭރަށް ވަޑައިގެންނެވިކަން އެމަނިކުފަނުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އިން ޔަގީން ކޮށްދެއެވެ. އެކަމުގެ ތަފްސީލް ފަހުން ހާމަ ކުރާނެ ކަަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އަދީބު ޖަލު ހުކުމުގައި ހުންނެވި އިރުވެސް ބޭސް ފަރުވާއަށް މީގެ ކުރިން ސިންގަޕޫރަށް ވަޑައިގެންފައިވެއެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި އަދީބަށް އުފުލި ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިމް ޝަމީމް ވިދާޅުވެފައި ވަނީ އަދީބަށް ގިނަ ދައުވާތައް އުފުލޭނެކަމަށެވެ. އަދި އެ ހުރިހައި ކުށެއް ސާބިތުވާ ހާލަތެއްގައި މުޅި ޖުމްލަ ޖަލު އަދަބު 800 އަހަރަށް އަރާނެ ކަމަށެވެ.

2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ތެރޭގައި ހިންގި ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކަށް އިއުތިރާފުވުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ. އަދީބާ އެކު އިބްރާހީމް މައާފު ދެއްވި ޒިޔަތަށް ހުކުމްކުރީ 32 އަހަރަށް ޖަލަށް ލުމަށެވެ. އެކަމަކު ދައުލަތާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމާ އެކު، ދެ ބޭފުޅުން ހުކުމް ތަންފީޒުކުރައްވަމުން ގެންދެވީ ގޭ ބަންދުގައި ތިއްބަވައިގެންނެވެ.
މި ލިއުމާއި ގުޅޭ