މީޑީޔާނެޓްގެ ވީޑީޔޯކްލަބަށް ސަބްސްކްރައިބް ކޮށްގެން ބާލީ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް މީޑީޔާނެޓުން ފަށައިފިއެވެ.
މީޑީޔާނެޓުން މައުލޫމާތްދިން ގޮތުގައި "ސްކްރީން ޓައިމް ޓު ޑްރީމް ޓައިމް" ނުވަތަ ޓީވީ ސްކްރީންތަކުން ހިޔާލީ ދުނިޔެއަކަށް، މި ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ 16 ނޮވެމްބަރުން ފެށިގެން 26 ޑިސެމްބަރާއި ހަމައަށެވެ.
މީޑިއާނެޓުގެ އެމްއެސް ވީޑިއޯ ކްލަބްގެ ފަރާތުން މިއަހަރުގެ ނިމުން ފާހަގަކުރުމަށް ފެށި ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ވީޑީޔޯކްލަބަށް ސަބްސްކްރައިބްކޮށްގެން ބާލީ ދަތުރެއް ހޯދުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ވީޑިއޯކްލަބަށް ސަބްސްކްރައިބް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އިންޑޮނޭޝިޔާގެ ބާލީއަށް ދަތުރެއް ލިބިގެންދާނެއެވެ. ހަ ދުވަހުގެ މި ދަތުރުގައި ދެ މީހަކަށް ފްލައިޓް ޓިކެޓާއި ހުރުމާއި ކެއުން އަދި ބާލީ ޓުއާއެއް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަނަށް ޝަރުތު ހަމަވާނީ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ވީޑިއޯ ކްލަބް ޓީވީގެ ސަބްސްކްރިޕްޝަނެއް ގަންނަ ފަރާތްތަކަށް އެކަންޏެވެ. ވީޑިއޯ ކްލަބް ހިދުމަތް ޓީވީގެ ޒަރިއްޔާއިން ރާއްޖޭން ބޭރުގައި ބޭނުންކުރާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް މީޑީޔާނެޓުން ވަނީ ބުނެފައެވެ.
ވީޑިއޯކްލަބް ޕެކޭޖަށް ސަބްސްކްރައިބް ކުރުމަށް މީޑިއާނެޓުގެ އޮންލައިން ކުއިކްޕޭ ޕޯޓަލް: https://my.medianet.mv/ އަށް ޒިޔާރަތްކޮށް ފައިސާ ދެއްކޭނެއެވެ.