Tuesday 17th Sep 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

ދިވެހި ބަހުން ސިޓީ ލިޔާ މުބާރާތެއް ޕީޖީން ބާއްވަނީ

ދިވެހި ބަހުން އެންމެ މޮޅަށް ސިޓީ ލިޔާ މީހާ ހޮވުމަށްޓަކައި، ޕްރޮސެކިއުޓާ ޖެނެރަލްއިން މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އިދާރާގެ ރިކްރިއޭޝަން ކްލަބުން އިންތިޒާމުކުރާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދިވެއްސަކަށް ވެސް އޮންނާނެ ކަމަށެވެ. އެގޮތުން އީފާސް މެދުވެރިކޮށް އެ އޮފީހުގެ އޮންލައިން ޕޯޓަލަށް ވަދެ، މުބާރާތަށް ހާއްސަ ޓެބަށް ފިތާލުމުން ރަޖިސްޓަރީވެވޭނެ ކަމަށެވެ.

މިފަދަ މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ ދިވެހި ބަހުން ސާފުކޮށް މޮޅަށް ސިޓީ އިބާރާތްކޮށް ލިޔެ ހެދުމަށް ހިތްވަރުދީ، ސިޓީ ލިޔުމުގެ ސަގާފަތެއް އުފެއްދުން ކަމަށެވެ. ވާދައިގެ ތައްޓަށް ދިވެހި ބަހުން ސިޓީ ލިޔުމުގެ މުބާރާތެއް ބާއްވަން އެ އޮފީހުން ނިންމައި ބައިވެރިވުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ.

އިއުލާނުގައި ބުނާގޮތުން މުބާރާތުގައި ރަޖިސްޓަރީވުމުގެ މުއްދަތު ހަމަވާއިރު ރަޖިސްޓަރީވެފައިވާ މީހުންނަށް، ލިޔަން ޖެހޭ މައުޟޫއާ އެކީ ސިޓީ ނޯޓެއް ފޮނުވާނެއެވެ. އެސިޓީ ނޯޓުގައި އޮތް ސިޓީ އަތުލިޔުމުން ގަނޑޫކޮޅެއްގައި ލިޔެ، ފޮޓޯއެއް ނަގައި، ޕޯޓަލަށް އަޕްލޯޑުކުރުމުން މުބާރާތަށް ސިޓީ ހުށަހެޅުނީއެވެ.

މައުޟޫތަކުގެ ތެރޭގައި "ޝަރީއަތް ނުނިމިގެން ހިތްހަމަނުޖެހުން ފާޅުކުރުން" އަދި "ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް އޮފީހުގެ ހިންގުން ބަދަލުކުރަން ވެރިޔާ އަށް އެދުން" ފަދަ ތަފާތު މައުޟޫތައް ހިމެނޭގޮތަށް މި މުބާރާތުގައި 40 މައުޟޫ އަށް ދިވެހި ބަހުން ސިޓީ ލިޔަން ޖެހޭނެއެވެ.

އެ މީހަކު ލިޔަން ޖެހޭ މައުޟޫ ކަނޑައެޅިގެންދާނީ އޮޓޯ ޕްރޮސެސްއަކުންނެވެ. މުބާރާތުގައި ވަކިވަކި ފަރުދުންގެ ގޮތުން ބައިވެރިވި ނަމަވެސް އެމީހަކު ތަމްސީލުކުރާ އޮފީހެއްގެ ނަމާ އެކު ރަޖިސްޓަރީވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. ވަނަ ވަނަ އަށް އަންނަ އޮފީސްތައް ހޮވާނީ، އެ އޮފީހަކުން ބައިވެރިކުރި ސިޓީތަކުގެ ތެރެއިން އެންމެ މޮޅު ފަސް ސިޓީގެ މާކްސްއަށް ބަލައިގެންނެވެ.

މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކަކީ:
• 1 ވަނަ: 3000 ރުފިޔާ، ހަނދާނީ ލިޔުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ވާދައިގެ ތަށި
• 2 ވަނަ: 1500 ރުފިޔާ އަދި ހަނދާނީ ލިޔުން
• 3 ވަނަ: 1000 ރުފިޔާ އަދި ހަނދާނީ ލިޔުން
• 1 ވަނަ އޮފީސް: ހަނދާނީ ލިޔުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ވާދައިގެ ތަށި
• 2 ވަނަ އޮފީސް: ހަނދާނީ ލިޔުން
• 3 ވަނަ އޮފީސް: ހަނދާނީ ލިޔުން
މީގެ އިތުރުން އެންމެ ގިނަ ސިޓީ ބައިވެރިކުރި އޮފީހަކަށް ހަނދާނީ ލިޔުމާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ވާދައިގެ ތަށި ދޭނެއެވެ.
މި ލިއުމާއި ގުޅޭ