Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް ރައީސް މުއިއްޒު އަންގަވައިފި

ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީގޮތުން އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ.

މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް ޑރ.މުއިއްޒުގެ އިންތިހާބީ ވައުދުފުޅެކެވެ. އިއްޔެ ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ޙިތާބުގައިވެސް އެމަނިކުފާނުވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލުގެ ރަތް ރޮނގު އެއްވެސް ބަޔަކަށް ހުރަސް ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.

އެކި ނަންނަމުގައި ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ޤާއިމްކޮށް, ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ގެއްލޭފަދަ އެއްބަސްވުންތައް އިންޑިއާއާއި އެކު އެކުލަވާލީ ކުރީގެ ރައީސް އިބްރާހީމްގެ ވެރިކަމުގައެވެ.

މި ލިއުމާއި ގުޅޭ