Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

ދުނިޔޭގެ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ

ދުނިޔޭގެ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ ކަމުގައި ތާރީޚީ އިލްމުގެ ޕްރޮފެސަރަކު ވިދާޅުވެއްޖެ އެވެ.

އިސްތަންބޫލްގެ ކޯއި ޔުނިވާސިޓީގެ ޑރ. ތާރިކް ސިރިލް އަމަރް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިޒްރޭލާއި ހަމާސް ހަނގުރާމައިން ދައްކުވައިދެނީ އިގްތިސާދީ ހަނގުރާމައާއި އަސްކަރީ ނުފޫޒުން ސުލްހަ މަސަލަސްކަމަށް ހުރަސް އެޅުމުގެ ރެކޯޑް އޮތުމުން، ދުނިޔޭގެ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ ކަމަށެވެ.

އޭނާ ވިދާޅުވީ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ނުހައްގު ހަމަލާތައް ހުއްޓުވުމުގައި މުޅި ދުނިޔެ ފެއިލްވުމުން އެމެރިކާގެ ސިޔާސަތާއި އަމަލުތަކުގެ ސަބަބުން މުޅި ދުނިޔޭގައި ހަމަނުޖެހުންތައް ހިނގަމުންދާ ގޮތް ހާމަވާ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި ސުލްހައަށް އެހެން ގައުމުތަކުން ނުފޫޒު ފޯރުވުމަށް އެމެރިކާ އިން ހުރަސް އަޅަ އެވެ.
1950 ވަނަ އަހަރުން ފެށިގެން އެމެރިކާއިން އެތައް ސަތޭކަ އަސްކަރީ އޮޕަރޭޝަންތަކެއް ހިންގާފައިވާކަން ހާމަވާ ތަފާސް ހިސާބުތަކަށް އަމަރު ހަވާލާދެއްވަމުން ވިދާޅުވީ ފިނި ހަނގުރާމައަށްފަހު އެމެރިކާއިން ކުރި އިންޓަވެންޝަންތަކުގެ ސަބަބުން ދުނިޔެ ހަލަބޮލި ވުމުގައި އިތުރަށް ހަލުވިވެގެން ދިޔައެވެ. 9/11 އަށްފަހު އެމެރިކާއިން އެކި ޤައުމުތަކާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގާތްގަނޑަކަށް 1 މިލިއަން މީހުން މަރުވިކަމަށް ދިރާސާތަކުން ދައްކާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، ފަޤީރު އާބާދީތަކަށް ނާޖާއިޒު އަގުގައި އެމެރިކާގެ މަސްލަހަތު ފޯރުކޮށްދިނުމަށް ބޭނުންކުރާ އިތުރު ހަތިޔާރެއްކަމަށް އަމަރު ވިދާޅުވިއެވެ. އެމެރިކާގެ ސިޔާސަތަކީ އަސްކަރީ-ސިނާއީ މަސްލަހަތުތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތެއް ކަމަށާއި، އެސިޔާސަތުގެ ސަބަބުން މައިގަނޑު ގޮތެއްގައި މަގު ބަދަލުވާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ތާރީޚީ ޢިލްމުވެރިޔާ ނިންމަވާފައި ވަނީ، ދުނިޔޭގެ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާ ކަމަށެވެ. އެމެރިކާގެ ނުފޫޒުން ޣައްޒާއިން ފެށިގެން ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ދަނީ އިތުރުވަމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ސުލުޙައަށް އުންމީދެއް ކުރާނަމަ އެމެރިކާގެ އަމަލުތައް މިހާރަށް ވުރެ ބިނާކުރަނިވި ޒިންމާދާރު ގޮތެއްގައި ބެހެއްޓުމަކީ ކޮންމެހެންވެސް ކުރާންޖެހޭ ކަމެކެވެ.
މި ލިއުމާއި ގުޅޭ