Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ޑިސެންބަރުގައި ރައީސްއާއި އެމަނިކުފާނުގެ އާއިލާ މުލިއާގެއަށް ބަދަލުވެވަޑައިގަންނަވަނީ

ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އާއިލާ މުލިއާގެއަށް ބަދަލުވާނީ ޑިސެންބަރުގައިކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވެއްޖެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ރައީސް ޑރ. މުއިއްޒު ރިޔާސީ ގެކޮޅަށް ވަޑައިގަތުން ލަސްކުރެއްވީ މުލިއާގޭގައި އިތުރު 2 ކޮޓަރިކޮޅު ހަދަމުންދާތީއެވެ. މުލިއާގޭގެ މަރާމާތާއި ގުޅިގެން ރައީސް މުއިއްޒު މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެމަނިކުފާނުގެ ގެކޮޅު މ. ދިމްޔާތުގައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުވެސް އަދި އެމަނިކުފާނުގެ ރިޔާސީ ގެކޮޅު, ހިލާލީގެއަށް ބަދަލުވެވަޑައި ނުގަންނަވައެވެ. އެމަނިކުފާނުވެސް ހުންނެވީ ހިލާލީގޭގައި ކުރަމުންދާ މަރާމާތުތައް ނިމެންދެން އަމިއްލަ ގެކޮޅުގައި އެވެ. ހިލާލީގޭގެ މަރާމާތުތައް ނިމުމުން އެމަނިކުފާނު އެ ގެކޮޅަށް ބަދަލުވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްޙޫރިއްޔާއަށް ޙާއްސް ގެކޮޅެއް ކަމަށްވާ މުލިއާގެ އެންމެ ފުރަތަމަ ބިނާކުރެވުނީ 1914 ވަނަ އަހަރު އޭރު ރާއްޖޭގެ ތަޙުތުގައި އިންނެވި ސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 އެމަނިކުފާނުގެ ދަރިކަލުން ސުލްޠާން ހަސަން ޢިއްޒުއްދީން، ކޮލަމްބޯގެ ރޯޔަލް ކޮލެޖުން ތަޢުލީމު ހާސިލް ކުރެއްވުމަށްފަހު 1920 ވަނަ އަހަރު ރާއްޖެއަށް އެނބުރި ވަޑައިގަތުމަށްޓަކައެވެ.

މި ލިއުމާއި ގުޅޭ