Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

ތެދުވެރިކަމާއި ވަފާތެރިކަމާއި އެކު ޒިންމާ އަދާކުރާނަން: ޓުއަރިޒަމް މިނިސްޓަރު ފައިސަލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އިބްރާހިމް ފައިސަލް ، ރައީސް މުއިއްޒުއަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާ އެކްސްގައި ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ.މުޢިއްޒު އޭނާއަށް ކުރެއްވި އިތުބާރަށްޓަކައި ނުހަނު އިހުތިރާމާ އެކޫ ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޑރ.މުއިއްޒު އޭނާއާއި ހަވާލުކުރެއްވި ޒިންމާ އާއީ މަސްއޫލިޔަތުއް އަދާކުރުމުގައި ތެދުވެރިކަމާއި، ވަފާތެރީ ކަމާ އެކީ ސާބިތުވެ ހުންނާނޭ ކަމުގެ ފުރިހަމަ ޔަޤީން ކަން އަރުވާކަމަށްވެސް އެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
އަލަށް އުފެދުނު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމަށް ފައިސަލް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މިނިސްޓަރު އިބްރާހީމް ފައިޞަލް ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރެއްވީ މެލޭޝިއާގެ ވެސްޓްމިންސްޓަރ އިންޓަނޭޝަނަލް ކޮލެޖުންނެވެ.
ސަރުކާރުގެ ޚިދުމަތުގައި އެމަނިކުފާނު ފުރަތަމަ މަސައްކަތްކުރެއްވީ ފުލުހުންގެ އިދާރާގައެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑިޕިއުޓީ މިނިސްޓަރކަމުގެ މަގާމު 2013 ވަނަ އަހަރުން 2015 ވަނަ އަހަރަށް އަދާކުރެއްވިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް އެމަނިކުފާނުވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި ޚިދުމަތްކުރައްވާފައެވެ.
މި ލިއުމާއި ގުޅޭ