Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

މޭޖާ ޖެނެރަލް އަބްދުއްރަހީމް ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އައްޔަންކުރައްވައިފި

އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސްގެ މަޤާމުގައި މިހާތަނަށް ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ޗީފް އޮފް ޑިފެންސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.

ރައީސް ޑރ.މުޢިއްޒު މިއަދު ހަވީރު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، މިރޭ ކެބިނެޓާއި ސަރުކާރުގެ އިސް މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ އިސް މަޤާމުތަކަށް އައްޔަންކުރެއްވި ބޭފުޅުން ހިމެނެއެވެ.

ސަރުކާރުގެ އިސް މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވާއިރު ޗީފް އޮފް ޑިފެންސްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ވައިސް ޗީފް އޮފް ޑިފެންސްގެ މަޤާމުގައި ހުންނެވި، 32 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެއްކަމަށްވާ އަބްދުއްރަހީމެވެ.

އަބްދުއްރަހީމް ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް ފަހުން އޭނާ ނިންމެވީ މަޤާމުގައި ދެމިހުންނަވާށެވެ.

ޤާނޫނު އަސާސީ ބުނާ ގޮތުން ސިފައިންގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެވެ. ޗީފް އޮފް ޑިފެންސަކީ ސިފައިންގޭގެ ކަންކަން ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ އެ އިދާރާގެ އެންމެ އިސްވެރިޔާއެވެ.

ނިމުނު ސަރުކާރުގައި ޗީފް އޮފް ޑިފެންސްގެ މަޤާމުގައި ހުންނެވީ ލެފްޓިނެންޓު ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މި ލިއުމާއި ގުޅޭ