Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދަރިފުޅަށް 2 އަހަރު ވަންދެން ވަޒީފާ އަދާކުރާ މައިންނަށް ލުއި ދެނީ

މުސާރަ އާއި އިނާޔަތުން އުނިނުވާ ގޮތަށް ދަރިފުޅަށް 2 އަހަރު ވަންދެން ޅަދަރި މައިންނަށް ވަޒީފާގައި ލުއިދޭން ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ސީއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޅަދަރި މައިންނަށް ވަޒީފާ އަދާކުރުމުގައި ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށާއި ދަރިފުޅަށް 2 އަހަރު ވަންދެން ލުއިތައް ލިބިގެންދާނެ ކަމަށެވެ.

ސާކިއުލާގައި ބުނާގޮތުން ދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ވަޒީފާއަށް ނުކުންނަން ޖެހޭ މީހުންނަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި އެދަތިތައް ހައްލުކުރުމުގެ ގޮތުން ދެވުނު ލުޔެއް ކަމަށެވެ. އަދި މި ލުއި ދޭންވާނީ އިދާރާއަށް ދަތިނުވާ ގޮތެއްގެ މަތިން ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

މިފަދަ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ ވަގުތުތައް ކަނޑައަޅަންވާނ،ީ އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެމަތިން އެ މުވައްޒަފެއްގެ މަސައްކަތު ވަގުތުގެދެބައިކުޅަ އެއްބައަށް ވުރެ މަދުނުވާނެ ގޮތުގެމަތިން ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. އަދި ހަމައެއާއެކު މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތް ކުރެވޭނެ މަސައްކަތު ގަޑިތައް ހަމަޖައްސައިދިނުމަކީ އެ މުވައްޒަފުންނަށް ދެވޭ ލުޔެއް ކަމުގައިވާތ،ީ ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ މުއްދަތަށް އެފަދަ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އުނިކޮށްގެން ނުވާނެ ކަމަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.

ވިހެއުމާއި ގުޅިގެން ދެމުން އަންނަ ޗުއްޓީވެސް މި ސަރުކާރުން ވަނީ ހަމަސް ދުވަހަށް އިތުރުކޮށްފަ އެވެ. ބައްޕައިންނަށް ދެމުން އަންނަ ޗުއްޓީ އެއް މަސް ދުވަހަށް މި ސަރުކާރުން އިތުރުކޮށްފައި ވެއެވެ.

މި ލިއުމާއި ގުޅޭ