Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

އަންނަ ޖަނަވަރީން ފެށިގެ ސަލާމަތީ ބާރުތަކުގެ މުސާރަ ބޮޑުކުރަން އޮނިގަނޑު އެކުލަވާލައިފި

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް ފޮނުވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވިދާޅުވެފައި ވަނީ އަންނަ އަހަރުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ރައީސްގެ ވައުދާ އެއްގޮތަށް އަންނަ ޖެނުއަރީން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލާ އެ އިދާރާތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. މިއަދަކީ އެ މަނިކުފާނުގެ ރިޔާސީ ދައުރުގެ ފަހު ދުވަހެވެ.

ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވަނީ މީގެ ކުރިން ބަދަލު ގެނެސްފަ އެވެ.

މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ރައީސް އިބްރާހިމްގެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދިޔައިރު މުސާރަތައް ބޮޑު ނުކޮށް ވެރިކަން ގެއްލުމުން މުސާރަތައް ކުއްލި ކުއްލިއަށް ބޮޑު ކުރަމުންދާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

މި ލިއުމާއި ގުޅޭ