Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަ ޑިމޮކްރެޓްސް

އަދީބް އާއި ޒިޔަތު މިނިވަން ކުރި މައްސަލަ ބެލުމަށް ޑިމޮކްރެޓްސްއިން ގޮވާލައިފި

އެމްއެމްޕީއާރްސީ މައްސަލައިގައި ޙުކުމް ތަންފީޒުކުރަމުންދާ ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރާއި، އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރގެ މަޤާމު ފުރުއްވި ޢަބްދުالله ޒިޔަތަށް ރައީސް ޞާލިޙް މަޢާފުދެއްވާ މިނިވަންކުރުމުން ދި ޑޮމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ސޯލިހުގެ ދައުރު ނިމެން ދެ ދުވަހަށް ވެފައިވަނިކޮށް އެމްއެމްޕީއާރްސީ މައްސަލައިގައި ޙުކުމް ތަންފީޒުކުރަމުންދާ ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރާއި، އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރގެ މަޤާމު ފުރުއްވި ޢަބްދުالله ޒިޔަތަށް ރައީސް ޞާލިޙް މަޢާފުދެއްވުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތަށް އިންސާފު ހޯދުމާއި، ގެއްލިފައިވާ ފައިސާ ހޯދުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއްކަން ޑިމޮކްރެޓްސްއިން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް މިވައުދު ނުފުއްދާ ދައުރު ނިންމާލަމުން ކުށްވެރިންނަށް މާފު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ވައްކަމާއި ޚިޔާނާތުގެ ކުށަށް އެކަށީގެންވާ އަދަބެއް ނުލިބޭނެކަން ސިޔާސީންނަށް ޔަގީންކޮށްދެއްވުމަށް ދިވެހި ރައްޔިތުންގެ ގައުމީ މަސްލަހަތުތަކާއި ދިމާ އިދިކޮޅަށް އަޅުއްވާފައިވާ މި ފިޔަވަޅަކީ ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާ އިޙްތިޔާރުތަކާއި ބާރުތަކުގެ ބޭނުން ނަހަމަގޮތުގައި ހިއްޕެވުން ކަމުގައި އެ ޕާޓީން ދެކެއެވެ.

އަދި ހަމައެއާއެކު މުޅި ދައުރު ނިމިގެން ދިޔައީ ނަމުން "ޒީރޯ ޓޮލަރެންސް" ގައި ނަމަވެސް ވައްކަމާއި ޚިޔާނާތާއި ފަސާދައިގެ ތެރޭގައި ކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ދެވަނަ ދައުރެއް ހޮވުމަށްޓަކައި ކޮރަޕްޝަނުގެ ގިނަ އަމލުތައް ހިންގާފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކަންމިހެން ހުރުމާއެކު ރައީސް ސޯލިހުގެ މި ނިންމުން މުރާޖާކޮށް މި ނިންމެވުމުގެ ފަހަތުގައި އެމްއެމްޕީއާރުސީގައި ހިމެނޭ ހިޔާނާތުގެ ފައިސާ ވާ މިންވަރެއް ބަލައި މިކަމުގައި ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ނުފޫޒާއި ބާރު، ފައިސާގެ މުއާމަލާތް ތަހުޤީގުކޮށް ފިޔަވަޅު އެޅުމަށް ޑިމޮކްރެޓްސްއިން ވަނީ ދެން އަންނ ސަރުކާރަކަށް ގޮވާލާފައެވެ.
މި ލިއުމާއި ގުޅޭ