Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޝީ ޖިންޕިން

ޗައިނާއަކީ އެމެރިކާގެ އެންމެބޮޑު ވާދަވެރިޔާގެ ގޮތުގައި ސިފަނުކުރުމަށް ޝީ އެދިވަޑައިގެންފި

ޗައިނާއަކީ އެމެރިކާގެ އެންމެބޮޑު ވާދަވެރިންގެ ގޮތުގައި ސިފަނުކުރުމަށާއި އޭގެ ބަދަލުގައި ދެ ގައުމުގެ ދެމެދުގައި އޮތް ސުލުޙައާއި، އެކުވެރިކަމުގެ މައްޗަށް ބެލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އެދިވަޑައިގެންފި އެވެ.
އެމެރިކާގެ ރަހުމަތްތެރި ޖަމިއްޔާތަކުން ބޭއްވި މަރުހަބާގެ ފަރިއްކޮޅެއްގެ ތެރެއިން ޝީ ވަނީ ޗައިނާ-އެމެރިކާގެ ބިންގަލާއި ވާހަކަތަކާއި މުސްތަގުބަލުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ޝީވިދާޅުވީ މި ހުރިހާ ގުޅުމެއް ވެސް ގުޅިފައި ވަނީ ދެ ގައުމުގެ ރައްޔިތުންނާކަމަށެވެ. އަދި މިފަދަ މުޢާމަލާތްތަކަށް އިތުރު ބްރިޖާއި މަގުތައް ޤާއިމުކުރުމަށް ގޮވާލައްވައި، ހުރަސްތަކުން ދުރުހެލިވެ، ދެޤައުމުގެ މެދުގައި އެކުވެރިކަން އާލާ ކުރުމަށް ވިސްނުމަށް ފަހި މާޙައުލެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ޝީ އަލިއަޅުއްވާލެއްވިއެވެ.
ޝީ ވިދާޅުވީ ޗައިނާ-އެމެރިކާގެ ގުޅުން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެ ގުޅުން އޮތީ ހުޅުވާލެވިފައި ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުންއޮތީ ބަދަހިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާއަކީ ވާދަވެރި ބައެއްތޯ ނުވަތަ ބައިވެރިއެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝީ އެދިވަޑައިގަތީ ޗައިނާއަކީ އެމެރިކާގެ އެންމެ ބޮޑު ވާދަވެރިޔާގެ ގޮތުގައި ނުބެލުމަށެވެ. އޭގެ ބަދަލުގައި ދެގައުމުގެ މެދުގައި އޮންނަ އިހުތިރާމާއި، ސުލްހަވެރި އެކުވެރިކަމަށް ބެލުމަށް އޭނާ ގޮވާލައްވާލެއްވިއެވެ.
ޝީ ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެމެރިކާގެ 50،000 ޒުވާނުންނަށް އެކްސްޗޭންޖް އަދި ސްޓަޑީ ޕްރޮގްރާމްތަކަށް ދައުވަތު ދިނުމަށް ޗައިނާއިން ތައްޔާރަށް އޮތްކަން އިއުލާނުކުރައްވައި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާއިން އެއްވެސް ގައުމަކާއެކު ފިނި ހަނގުރާމައެއް ނުވަތަ ހޫނު ހަނގުރާމައެއް ނުކުރާނެކަމުގެ ޔަޤީންކަން ދެއްވައި، ސުލްޙަވެރި އެކުވެރިކަމާއި، އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމަށް ނުފޫޒު ނުފޯރުވުމަށް ޗައިނާއިން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ލިއުމާއި ގުޅޭ