Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ހައްޔަރުކުރުމުގެ އަމުރެއް ފްރާންސުން ނެރެފި

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ހައްޔަރުކުރުމުގެ އަމުރެއް ފްރާންސުން ނެރެފިއެވެ.

ފްރާންސުން ސީރިއާގެ ރައީސް އަސަދު ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވަނީ، ސީރިއާގައި އާންމުންނާ ދެކޮޅަށް މަނާ ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ބުނެއެވެ.

ސީރިއާގެ ތަހުގީގީ ދެ ފަނޑިޔާރަކު މިދިޔަ އަންގާރަ ދުވަހު ހަތަރު ހުކުމެއް އެ ގައުމުގެ އިސްވެރިންނަށް ކޮށްފައިވެއެވެ. އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގައި ބައިވެރިވުމާއި ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވުމުގެ ކުށުގައި ހުކުމް ކޮށްފައިވަނީ، ސީރިއާގެ ރައީސް އަސަދާއި އޭނާގެ ބޭބެ މާހިރު އަލް އަސަދާއި އިތުރު ދެ އިސް އޮފިޝަލަކުގެ މައްޗަށެވެ. ގައުމެއްގެ ފަނޑިޔާރުން އެ ގައުމެއްގެ ވަލީއުލް އަމުރަށް ހުކުމްކުރާ ހާލަތަކީ މަދުފަހަރެއްގައި މެނުވީ ނުފެންނަ މަންޒަރެކެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ، ސީރިއަން ސެންޓަރ ފޯ މީޑިއާ އެންޑް ފްރީޑަމް އޮފް އެކްސްޕްރެޝަން (އެސް.ސީ.އެމް)، އާއި އޯޕަން ސޮސައިޓީ ޖަސްޓިސް އިނިޝިއޭޓިވް (އޯ.އެސް.ޖީ.އައި) އަދި ސީރިއަން އާރކައިވް އިން 2021 ވަނަ އަހަރުގެ މާޗް މަހުގައެވެ. ސީރިއާ ދައުލަތުން ދިން ގޭސް ހަމަލާތަކުގައި އިރުމަތީ ޣޫތާގައި 2013 ވަނަ އަހަރުގެ އޮގަސްޓް މަހު، 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ޣޫތާއަކީ ސީރިއާގެ ދައުލަތާ އިދިކޮޅު ވަރުގަދަ ސަރަހައްދެކެވެ. އެ ސަރަހައްދު ސީރިއާ ދައުލަތުގެ ބާރުގެދަށަށް ގެންދަން މަސައްކަތްކުރާތާ މިހާރު އަހަރަކަށްވުރެ ގިނަދުވަސްވެއްޖެއެވެ.

ސީރިއާގެ ރައީސް އަސަދާއި ދެކޮޅަށް ކޮށްފައިވާ ހުކުމާއި ގުޅިގެން ހުކުމްކުރި ފަރާތްތަކަށް އިންޓަޕޯލް ރެޑް ނޯޓިސްއެއް އައުން އެކަޝީގެންވާކަމަށް މަސަލަ ހުށަހެޅި ފަރާތުގެ ވަކީލު މައިކަލް ޗައްމަސް ސީ.އެން.އެންއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. އެއަށްފަހު އިންޓަޕޯލްގެ ހުރިހާ މެމްބަރު ގައުމުތަކުން ވެސް ހައްޔަރު ކުރުމުގެ އަމުރަށް އަމަލުކުރަން ޖެހެއެވެ.

މި ލިއުމާއި ގުޅޭ