Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހަކީ އާންމުންނަށް މިސާލަކަށް ވާންޖެހޭ: އަސްލަމް

ރައްޔިތުންގެ މަޖިލީހަކީ އާންމުންނަށް މިސާލަކަށްވާންޖެހޭ ތަނެއްކަމަށް މަޖިލީހުގެ އައު ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެންބަރުންގެ އަޚުލާޤު ވަކި ހަމައެއްގައި ހިފަހެއްޓުމުގެ ގޮތުން މަޖިލީހުގައި އަމަލުކުރާނެ ސުލޫކީ މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތް މަޖިލީހުގެ ރިޔާސަތާ އަސްލަމް ހަވާލުވެވަޑައިގެންވަނީ އިއުލާނުކުރައްވާފައެވެ. އެ މަސައްކަތް ކުރަމުންދާއިރު މަޖިލީހުގެ މެންބަރުންގެ އަޚުލާޤީ ޒިންމާއެއް އޮންނާނެކަމަށާއި ހުރިހާ ކަމަކީ މަޖިލީހުގެ ޤަވާއިދުގައި ނުވަތަ ސުލޫކީ މިންގަނޑެއްގައި ލިޔެގެން ހިފަހައްޓަންޖެހޭނެ ކަންކަން ނޫންކަމަށް މަޤާމާ ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުންނަށް ޤާނޫނު އަސާސީއާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާނެ ގޮތަށް ކޮންމެ ޚިޔާލެއް ފާޅުކުރުމުގެ ހައްގު ޤާނޫނު އަސާސީން ލިބިދީފައިވީ ނަމަވެސް އެ ޖާގައަކީ އެއްވެސް ބެލުމެއް ނެތި ބޭނުންކުރެވިދާނެ ޖާގައެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، އެ ހައްގު ބޭނުންކުރުމުގައި މުޖުތަމައުގެ އާންމު އަދަބުތަކަށް އިހުތިރާމުކުރުމަކީ މުހިއްމު ކަމެއްކަމަށް ޤަބޫލުކުރައްވާކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފުނުވެ، އިސްލާމްދީނުގައި ކަނޑައަޅާފައިވާ ހުކުމަކާ ޚިލާފުނުވާ ގޮތުގެ މަތިން، ކޮންމެ ވާހަކަދެއްކުމުގެ ހުއްދަ އެބަލިބޭ. އެހުއްދައަކީ، އެޖާގައަކީ ވަރަށް އުދަގޫ ޤަބޫލުކުރަން ކޮންމެ ޤައުމެއްގައި އާންމު މިންގަނޑުތަކެއް ހުންނާނެ،" އަސްލަމް ވިދާޅުވިއެވެ.

އަދި މަޖިލީހަކީ އާންމުންނާއި ޅަދަރިންނަށް ނަމޫނާ ތަނަކަށްވާންޖެހޭނެކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ މިހާރު މަޖިލީހުގެ ޖަލްސާތައް ޅަކުދިންނާއެކު ބަލަންނުކެރޭކަމަށް ބައެއް މީހުން އޭނާ އަރިހުގައި ބުނަމުންދާ ކަމަށެވެ.

އެކަން ބަދަލުކުރަން ކުރެވޭނެ ކަންކަމާމެދު ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މިހާރުވެސް މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑެއް އެކުލަވައިލަން އޭނާ އިއުލާނުކުރައްވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސާއި ނައިބުރައީސާއި ކޮމިޓީތަކުގެ މުޤައްރިރުން ފަދަ މަޖިލީހުގެ މުހިއްމު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކި ގޮތަކަށް އަމަލުކުރެއްވުމުން އެކަން ބެލޭނެ ގޮތްތަކެއް ކަނޑައެޅުމަކީ މުހިއްމު ކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ ކުރިން އެ މަޤާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅައި މައްސަލަ ކުރިއަށްގެންދަން ފެށުމުން އެމަނިކުފާނު އެ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން މަޖިލީހުގެ އައު ރައީސެއް ހޮވުމަށް ބޭއްވި އިންތިޚާބު ތަފާތު ބޮޑުކޮށް ކާމިޔާބުކުރައްވައިގެންނެވެ.

މި ލިއުމާއި ގުޅޭ