Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ

އޭސީސީގެ އެންގުމާ ހިލާފަށް ފްލެޓު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

ގެދޮރުވެރިޔާ" ސްކީމުގެ ފްލެޓުތައް ހަވާލުކުރުމުގެ ހުރިހާ ކަމެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައި ވަނިކޮށް، ފްލެޓު ލިބޭ ފަރާތްތަކާއެކު ފްލޭނިން މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި އެވެ.
މި ސަރުކާރުން އަޅަން ފަށާފައިވާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހު ބަދަލުތައް ގެނެސް، ރޭ ވަނީ ދާއިމީ ލިސްޓު އަލުން އާންމުކޮށްފަ އެވެ. އެއާއެކު ފްލެޓުތަކުގެ ގުރު ނެގުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
އެކަމަކު އެ ދާއިމީ ލިސްޓު އާންމުކުރި ފަހުން ރޭ އޭސީސީން ޕްލޭނިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ކޮމިޝަނުން ވަކި ގޮތަކަށް އަންގަންދެން ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުމާއި، ފްލެޓު ހަވާލުކުރުމުގެ އެންމެހާ މަސައްކަތްތައް ހުއްޓާލަން އަންގާފަ އެވެ.
އެގޮތަށް އެންގީ އޭސީސީގެ ސިޓީގައި ވާގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ބެލި ބެލުމުން، "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާކަމަށް ކަނޑައަޅައި އެފަރާތްތަކަށް ޕޮއިންޓް ދީފައިވާކަމަށް ފާހަގަ ކުރެވިފައިވާތީ އެވެ.
އަދި ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީފައިވާ ކަމަށާއި، ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރެވެން ހުރި ހާލަތްތަކުގައި އެކަން ކޮށްފައިނުވާކަން ތަހުގީގަށް ފާހަގަވެފައިވާތީ ކަމަށް ސިޓީގައި ބުންޏެވެ.
އެކަމަކު އޭސީސީން އެގޮތަށް އަންގާފައި ވަނިކޮށް ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ ފްލެޓު ލިބޭ މީހުންނާއެކު ފްލެޓު އެއްބަސްވުމުގައި ސޮއިކުރަން ފަށާފަ އެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން ދަނީ އޮންލައިންކޮށް، އެގްރިމެންޓުތައް ފޮނުވައިގެންނެވެ.
ދިރިއުޅުމުގެ ހާލަތު ވެސް ނުބަލައި، ހަމައެކަނި ފޯމުތަކުގައި ހުރި މައުލޫމާތަށް ބަލައިގެން ފުރަތަމަ އާންމުކުރި ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ. އެ ފަސް ދުވަހުގެ ތެރޭގައިވެސް 7،000 އަށްވުރެއް ގިނަ ޝަކުވާ ހުށަހެޅި އެވެ. އެ ހުރިހާ ޝަކުވާ ފޯމެއް ކިޔައި، ތަހުގީގުކޮށް އަދި 'ހައްލު' ކުރުމަށްފަހު ދާއިމީ ލިސްޓު އާންމުކުރީ ހަތަރު ދުވަހުގެ ތެރޭގަ އެވެ.
ރިޔާސީ އިންތިހާބަށް ކުޑަތަންވެފައިވަނިކޮށް ސަރުކާރުން އިއުލާނުކުރި "ގެދޮރުވެރިޔާ" މަޝްރޫއަށް އެދި ފޯމު ހުށަހެޅި 20،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން، 13،000 މީހުން ޝަރުތު ހަމަވާކަމަށް ކަނޑައަޅައި އެ އެންމެންނަށް ފްލެޓުދޭން ނިންމި ނަމަވެސް އޭގެ ތެރެއިން ފުރަތަމަ ފްލެޓު ލިބޭ 4،000 މީހުން ހޮވީ އިންސާފުން ނޫންކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ދޭން ނިންމީ މިހާރު ހަދަން ފަށިފައިވާ 4،000 ފްލެޓެވެ. ބާކީ 9،000 މީހުންނަށް ދޭން ނިންމާފައިވަނީ "ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފްލެޓެއް" ލިބޭނެ ކަމުގެ ލިޔުމެކެވެ. އެއާއެކު މައްސަލަ ބޮޑުވީ ފްލެޓުތަކަށް ޕޮއިންޓު ދިން ގޮތް އިންސާފުވެރި ނޫން ކަމަށާއި، ފްލެޓު ލިސްޓަށް ސަރުކާރުގެ އިސްވެރިން ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތާއެކު އެވެ.
މި ލިއުމާއި ގުޅޭ