Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

ސަޕްލިމަންޓަރީ ބަޖެޓާމެދު މަރުކަޒީ ބޭންކުގެ ބޮޑެތި ކަންބޮޑުވުންތަކެއް

މިއަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމަންޓަރީ ބަޖެޓާމެދު މަރުކަޒީ ބޭންކު އެމްއެމްއޭއިން ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފިއެވެ.

ސަޕްލިމަންޓަރީ ބަޖެޓާމެދު މަރުކަޒީ ބޭންކުގެ ލަފައަށް ރައްޔިތުންގެ މަޖިލީހުން އެދުމާ ގުޅިގެން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޮޑެތި ކާރިސާތައް ކުރިމަތިވެ އިޤުތިޞާދީ ލޮޅުން އަރާ ހާލަތުގައި މެނުވީ ސަޕްލިމަންޓަރީ ބަޖެޓު ހުށަނޭޅުމަށް ލަފާދީފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޚަރަދު ހަމަޖައްސަން ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅަންނުޖެހޭ ގޮތަށް ބަޖެޓުގެ އޯވާސައިޓު އިންތިޒާމުތައް ހަމަޖެއްސުމަށް އެ ބޭންކުން ލަފާދެއެވެ.

އިތުރަށް ފާހަގަކުރި އެއް ނުކުތާއަކީ ހުށަހަޅާފައިވާ ސަޕްލިމަންޓަރީ ބަޖެޓުގައި 4.2 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ދަރަންޏަށް ހޯދުމަށް ހިމަނާފައިވާ ކަމެވެ. އެއާއެކު އެމްއެމްއޭއިން ފާހަގަކުރީ މި އަހަރުގެ ފާއިތުވި ތަނުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށް ބޭރުގެ ފައިނޭންސިންއާއި ހިލޭ އެހީ ލިބިފައި ނެތުމުން، ކުރިއަށް އޮތް ދޮޅުމަސްދުވަހުގެ ތެރޭގައި ސަޕްލިމަންޓަރީ ބަޖެޓުގައި ހޯދުމަށް ކަނޑައެޅި ފައިސާ ނުލިބުމުގެ ފުރުސަތުގެ ބޮޑުކަމެވެ.

އަދި ބޭރުގެ ފަރާތްތަކުން ފައިސާ ނުހޯދުމުން ޓްރެޝަރީ ބޮންޑުތައް ވިއްކައިގެން ފައިސާ ހޯދަންޖެހޭއިރު، ފާއިތުވި މުއްދަތުގެ ޓްރެންޑަށް ބަލާއިރު ޓްރެޝަރީ ބޮންޑުތައް ވިއްކޭ މިންވަރު ދަށްވެފައިވާކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ. އެގޮތުން މި އަހަރުވެސް ސަރުކާރުން އަންދާޒާކުރި މިންވަރަށް ޓްރެޝަރީ ބޮންޑު ވިއްކިފައިނުވާކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.

އަދި މި އަހަރުވެސް ގިނަ އަދަދެއްގެ ފައިސާ ޗާޕުކުރަންޖެހުނުކަމަށާއި، 2022 ވަނަ އަހަރުގެ ތެރޭގައި ޗާޕުކުރި ފައިސާއިން ބޮޑު އަދަދެއް މިހާރު ސަރުކާރުން ސެކިއުރިޓައިޒްކޮށް ދިގު މުއްދަތުން އަދާކުރާ ބޮންޑަކަށް ބަދަލުކުރުމަށްފަހު، މި އަހަރު ޗާޕުކުރި ފައިސާގެ ތެރެއިން 4.3 ބިލިއަން ރުފިޔާ ސެކިއުރިޓައިޒްކޮށްފައިވާކަން އެމްއެމްއޭއިން ފާހަގަކުރިއެވެ.

އަދި ދައުލަތުގެ ރިޒާވް އެއް މިންގަނޑެއްގައި ހިފަހެއްޓުމަށް ބޭރުން ހޯދަން ކަނޑައަޅާފައިވާ 4.2 ބިލިއަން ރުފިޔާ ހޯދުމަކީ މުހިއްމު ކަމެއްކަމަށާއި، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ރިޒާވަށް ބޮޑެތި ދަތުތައް ކުރިމަތިވެފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

އެމްއެމްއޭއިން އެދުނީ އެހުރިހާ ކަމަކަށް ރިއާޔަތްކޮށް ދައުލަތުގެ ރިކަރަންޓު ޚަރަދުތައް ކުޑަކުރުމަށެވެ. އަދި ކެޕިޓަލް ޚަރަދުތައް ހިންގުމުގައި ކޮންމެހެން ހިންގަންޖެހޭ ކަންކަމަށް އިސްކަން ދިނުމަށެވެ.

މި ލިއުމާއި ގުޅޭ