Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

ޑރ.މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ބައިޑަންގެ ހާއްސަ ވަފްދެއް

މިމަހުގެ 17 ގައި އޮންނަ، ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ފަރާތްޕުޅުން ހާއްސަ ވަފުދެއް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިރަސްމިއްޔާތުގައި ބައިވެރިވާ ވަފްދުގައި އިސްކޮށް ހުންނަވާނީ ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާ ކަން ވައިޓްހައުސް އިން ވަނީ ކަށަވަރު ކޮށްދީފައެވެ.

މިވަފްދުގައި ވައިޓްހައުސްގެ ނެޝަނަލް ސެކިއުރިޓީއާ ބެހޭ ސީނިއާ ޑައިރެކްޓަރު ސާރާ ލެޑިސްލޯ އާއި ރާއްޖޭގައި ހުންނަވާ އެމެރިކާ ސަފީރު ހުގޯ ޔޮން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

އަވަށްޓެރި ޤައުމުތަކުގެ މަތީފެންވަރުގެ ވަފުދުތައް ވެސް ބަިވެރިވާ މުއިއްޒު ހުވާކުރެއްވުމުގެ މި ރަސްމިއްޔާތަށް ރައްޔިތުންގެ މަޖިލީހުން ވަނީ 4،500 މީހުންނަށް ދައުވަތު ދީފަ އެވެ.

މި ލިއުމާއި ގުޅޭ