Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ ޙުސައިން ޝަމީމް

އަދީބާއި ޒިޔަތު ދޫކޮށްލުމުން ފަރުދީ ގޮތުން ކަންބޮޑުވިޔަސް، ޕީޖީގެ ހައިސިއްޔަތުން ކުރެވޭނެ ކަމެއް ނެތް: ޕީޖީ

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ދިގު ޖަލު ހުކުމްތަކެއް އިއްވާފައިވާ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތުގެ މައްޗަށް ސާބިތުވެފައިވާ ހުކުމް މައާފުކޮށްދީ މިނިވަންކުރުމުން ފަރުދީ ހައިސިއްޔަތުން ކަންބޮޑުވެވަޑައިގެންނެވި ނަމަވެސް އެކަމާމެދު ޕްރޮސެކިއުޓާ ޖެނެރަލްގެ ހައިސިއްޔަތުން ކުރެއްވޭނެ ކަމެއް ނެތް ކަމަށް ޕީޖީ ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޝަމީމުގެ އަމިއްލަ ބްލޮގުގައި އެކަމާ ގުޅޭ ގޮތުން އޭނާ ލިޔުއްވާފައިވާ ގޮތުގައި އަދަބު ލުއިކޮށްދިނުމާއި މައާފުކޮށްދިނުމުގެ ޤާނޫނުގައި އެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އެއްވެސް ދައުރެއް ނޯވެއެވެ. އަދި ކޯޓަކުން ޖިނާއީ މައްސަލައެއްގައި ހުކުމްކުރުމަށްފަހު އެ ހުކުމް ތަންފީޒުކުރުމުގައި އެ ހުކުމާމެދު އަމަލުކުރާ ގޮތަކީ ޕީޖީއާ އެއްވެސް ބެހުމެއް އޮންނަ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ޤާނޫނު އެހެން އޮތުމުން އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށްދީ މިނިވަންކުރީ ޕީޖީ އޮފީހުގެ ބަހެއް ހޯދައިގެން ނޫންކަމަށާއި، އެކަމުގައި ޕީޖީގެ ބަހެއް ހޯދަން ޤާނޫނީ ގޮތުން ލާޒިމުވެސް ނުވާނެ ކަމުގައި ޝަމީމު ވިދާޅުވިއެވެ.

"އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހެއްގެ ހައިސިއްޔަތުން، ދެރައާއި ހިތްހަމަނުޖެހުމާއި، ފްރަސްޓްރޭޝަނާއި ކަންބޮޑުވުން ކުޑައެއް ނޫން. ނަމަވެސް، ޕްރޮސިކިއުޓާ ޖެނެރަލަށް ކަމަކާ ބެހެވޭނީވެސް، ކަންބޮޑު ވެވޭނީވެސް، ރުޅިއާދެވޭނީވެސް، ރުހެވޭނީވެސް، އުފާ ވެވޭނީވެސް ގާނޫނުގައި ބެހޭށާއި ކަންބޮޑުވާށާއި ރުޅި އަންނާށާއި ރުހޭށާއި އުފާވާން ފުރުސަތު ދީފައި އޮތްނަމަ،" ޝަމީމު ވިދާޅުވިއެވެ.

އަދީބުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތްކުރައްވާފައިވާ ޝަމީމުވަނީ އަދީބާއެކު، އިއުތިރާފުވެ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ދައުލަތުގެ ނަމުގައި ހައްދަވާފައެވެ. އެ އެއްބަސްވުމުގެ ދަށުން އަދީބަށް ކުރި ދައުވާތަކަށް އޭނާ އެއްބަސްވެވަޑައިގަތުމުން އޭނާއަށް އިއްވާފައިވަނީ ލުއި ހުކުމެކެވެ.

އަދީބާއި ޒިޔަތުގެ އަދަބު ލުއިކުރި މައްސަލާގައި ޝަމީމު ވިދާޅުވީ ޤާނޫނުގައި އަދަބު ލުއިކޮށްދިނުމާއި މައާފުކުރުމުގައި ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވެއެވެ. އެގޮތުން ކްލެމެންސީ ބޯޑުގައިވެސް އެއްވެސް މިންވަރަކަށް ޕީޖީ އޮފީހުގެ ބައިވެރިވުމެއް ނޯންނަކަން ޝަމީމު ފާހަގަކުރެއްވިއެވެ.

މިމައްސަލައާމެދު ޝަމީމު ހުށަހަޅުއްވާފައިވާ ހައްލަކީ ކްލެމެންސީގެ އުސޫލު އުވައިލުމެވެ. އެ އުސޫލު އުވައިނުލާނަމަ، އަދަބުގެ ހަތަރުބައިކުޅަ ތިންބައި ތަންފީޒުކޮށް ނިމުމުން ނޫނީ މައާފުނުދެވޭ ގޮތަށް އުސޫލު ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޝަމީމު ވިދާޅުވިއެވެ.

އަދީބާއި ޒިޔަތުގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އެ ބޭފުޅުން ހުކުމް ތަންފީޒުކުރައްވަމުން ގެންދެވީ މުޅިންވެސް ގޭގައެވެ.

މި ލިއުމާއި ގުޅޭ