"އެންމެނަށް މީޑިއާނެޓު" ތީމްގެ ދަށުން ދިވެހިރާއްޖޭގެ އެންމެ ބޮޑު ބްރޯޑްކާސްޓިންގް ކުންފުނި މީޑިއާނެޓުގެ ވަރަށް ހާއްސަ އިވެންޓެއް އަވަށްޓެރި ސްރީލަންކާގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި އިވެންޓަކީ ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ހާއްސަކޮށްގެން ބާއްވާ އިވެންޓެކެވެ.
މީޑިއާނެޓުން ވަނީ "އެމް އެސް ގްލޯބަލް" ގެ ނަމުގައި ޚިދުމަތެއް ތަޢާރަފްކޮށްފައެވ.ެ މި ޚިދުމަތާއެކު ރާއްޖެއިން ބޭރުގައިވެސް ދިވެހި ޗެނަލްތައް ފަސޭހަކަމާއެކު ބަލާލެވެއެވެ. އަދި މީޑިއާނެޓުގެ ވީޑިއޯ ކްލަބްގެ ހިދުމަތުގައި ހިމެނޭ ދިވެހި ފިލްމާއި ސީރީޒް އަދި ދުނިޔޭގެ މަގްބޫލު ފިލްމުތަކާއި ސީރީޒްތައް ބެލޭނެއެވެ.
އެއީ "އެމް އެސް ލައިޓް ގްލޯބަލް" ޚިދުމަތް މެދުވެރިކޮށް ޓީވީ އިން އަދި "އެމް އެސްޑިޖިޓަލް ގްލޯބަލް" ހިދުމަތް މެދުވެރިކޮށް ފޯނުންނެވެ.
އެގޮތުން އެމް އެސް ގްލޯބަލް ހިދުމަތައް ޚާއްސަކޮށްގެން ބާއްވާ އެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 16 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ރޭގަ ނޑު 10:00 އަށ،ް ދިވެހިންގެ ތެރޭގައި މަގްބޫލު ކެފޭއެއް ކަމުގައިވާ ސްރީލަންކާގެ ގުރުވަ ކެފޭގައެވެ.
މީޑިއާނެޓުން ބުނި ގޮތުގައި އެ އިވެންޓުގައި އެމް އެސް ގްލޯބަލް ޚިދުމަތާއި ގުޅޭ މައުލޫމާތު ދިނުމާއ،ި ރަޖިސްޓްރޭޝަން ފުރިހަމަ ކުރުން ކުރިއަށް ދާނެއެވެ. އަދި އިވެންޓް ކުރިއަށްދާއިރު ކެފޭގައި އެމް އެސް ގްލޯބަލް އެކްސްޕީރިއަންސް ކޮށްލުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އިވެންޓްގެ ރޭގަނޑު ދަންފަޅީގައި ލައިވް މިއުޒިކްވެސް ކުރިއަށްދާނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.
އެ އިވެންޓަކީ ސްރީ ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިންނަށް އެއްތަނަކުން ބައްދަލުކޮށްލާ ވަގުތުތަކެއް ހޭދަކޮށްލުމަށް ލިބިގެންދާނެ ފުރުސަތެއްކަންވެސް މީޑިއާނެޓުން ފާހަގަކުރި އެވެ.
އެމް އެސް ގްލޯބަލް ޚިދުމަތް ބޭނުންކުރުމަށް ބޭނުންވަނީ ހަމައެކަނި ރަނގަޅު އިންޓަނެޓް ކަނެކްޝަނެކެވެ. މީޑިއާނެޓު އެޕްލިކޭޝަން އެންޑްރޮއިޑް ޓީވީއަށް އިންސްޓޯލް ކޮށްލައިގެން މި އެޕްލިކޭޝަން ބޭނުންކުރެވޭއިރު ޕްލޭ ސްޓޯރ އަދި އެޕް ސްޓޯރ އިން ފޯނު ޑިވައިސްތަކަށް އިންސްޓޯލް ކުރެވޭނެއެވެ.
އެމް އެސް ލައިޓް ގްލޯބަލް ޕެކޭޖުގެ އަގަކީ މަހަކަށް އެންމެ 199 ރުފިޔާއެވެ. އަދި އެމް އެސް ޑިޖިޓަލް ގްލޯބަލް ޕެކޭޖުގެ އަގަކީ މަހަކަށް އެންމެ 74 ރުފިޔާއެވެ. މި ދެ ހިދުމަތަށް ޚާއްސަ އަހަރީ ޕްލޭންތަކެއްވެސް މީޑިއާނެޓުން ވަނީ ތައާރަފްކޮށްފައެވެ.