Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވަޒީފާއާ ބެހޭ ޓްރައިބިއުނަލް

ބަލިވެއިނުމުން ވަޒީފާއަށް ނުނިކުތް މުވައްޒަފަކު ފެނަކައިން ވަކިކުރީ ގޯސްކޮށް: ޓްރައިބިއުނަލް

ފެނަކައިގެ ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ އެޑްމިނިސްޓްރޭޝަން ޔުނިޓުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކު ބަލިވެއިނުމާ ގުޅިގެން އޭނާ މަސައްކަތަށް ނުނުކުތުމުން ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.
މައްސަލައިގެ ހުލާސާ ރިޕޯޓުގައި ވާގޮތުން، މާޗު 1، 2016 އިން ފެށިގެން އެ މުވައްޒަފު ފެނަކަ ކޯޕަރޭޝަންގެ ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ އެޑްމިނިސްޓްރޭޝަން ޔުނިޓުގެ ސީނިއާ އޮފިސަރެއްގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އޭނާ ބަލިވެއިނުމާ ގުޅިގެން ޑޮކްޓަރަށް ދެއްކުމުން ވިހެއުމާ ހަމައަށް "ބެޑްރެސްޓް" ކުރުމަށް އެންގި އެވެ.
އެގޮތަށް ޑޮކްޓަރު އެންގުމުން އެކަން އޭނާގެ ފަރާތުން ފެނަނަކައިގެ އެޗްއާރަށާއި، ޑިޕާޓްމަންޓާ ހަވާލުވެހުރި ވެރިޔާއަށް އީމެއިލް މެދުވެރިކޮށް އެންގުމުން ޑޮކްޓަރު ދޫކޮށްފައިވާ ލިޔުމަށް ރިއާޔަތްކޮށް އޭނާއަށް ޕްރީ މެޓާނިޓީ ޗުއްޓީއެއް ހަމަޖައްސައިދިނެވެ.
އޭނާ ޕްރީ މެޓާނިޓީ ޗުއްޓީގައި ހުއްޓައި، ފެނަކައިން ގުޅައި، އޭނާއަށް ހަމަޖައްސައިދިން 30 ދުވަހުގެ ޕްރީ މެޓާނިޓީ ޗުއްޓީ ހަމަވެފައިޗވާ ކަމަށް އެންގި އެވެ.
އެހެންނަމަވެސް ސިއްހީ ހާލަތު ހުރިގޮތުން ވަޒީފާއަށް ނުކުމެވެން ނެތުމުން އޭނާގެ އިތުރު ޗުއްޓީތައް ހުރުމާއެކު، ވަޒީފާއަށް ހާޒިރުނުވެވޭ ދުވަސްތައް ބާކީ ހުރި ޗުއްޓީ ދުވަސްތަކުން ހަމަޖައްސައިދިނުމަށް އޭނާ ފެނަކައިގެ އެދުނެވެ.
އެކަމަކު ފެނެކައިގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތިން އޭނާ އޮފީހަށް އެންގުމަކާ ނުލައި، އަދި މަގުބޫލު އުޒުރެއްނެތި ވަޒީފާއަށް ހާޒިރުނުވާތާ ފަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބުނެ، މެއި 31، 2022 ގައި އޭނާ ފެނަކައިގެ ވަޒީފާއިން ވަކިކުރި އެވެ.
އެހެންވެ، އޭނާގެ ފަރާތުން މިދިޔަ އަހަރު ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ، ވަޒީފާ އަނބުރާ ރުޖޫއަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ލިބެންޖެހޭ މުސާރައާއި އިބާޔަތްތައް ނަގައިދިނުމަށާއި، ވިހެއުމާ ގުޅިގެން ލިބެންޖެހޭ ހަ މަސްދުވަހުގެ ޗުއްޓި ލިބިދިނުމަށް އެދި އެވެ.
ނަމަވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ އެ މައްސަލައަށް އިންކާރުކޮށްފަ އެވެ. ފެނަކައިން ބުނި ގޮތުގައި ނޯޓިސް ދިނުމެއްނެތި އޭނާ ވަޒީފާއިން ވަކިކުރީ އެ ކުންފުނީގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތަށް އެންގުމަކާ ނުލައި އަދި މަޖުބޫރު އުޒުރެއްނެތި ވަޒީފާއަށް ހާޒިނުވާތީ އެވެ.
އެ މައްސަލައިގައި ޝަރީއަތުގައި ދެފަރާތުން ދެއްކި ވާހަކަތަކާއި ހެއްކަށް ބަލައި ޓްރައިބިއުނަލުން ނިންމީ އޭނާ ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާ ކަމަށެވެ.
އަދި އޭނާ ވަޒީފާއިން ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތް، ވަޒީފާއާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާ ހިލާފު. އަންފެއާ ޑިސްމިސަލްއެއް ކަމަށް ކަނޑައަޅައި، ޓްރައިބިއުނަލުން ވަނީ އޭނާގެ ވަޒީފާ އަނބުރާ ރުޖޫއަކުރުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށްފަ އެވެ.
އެއާއެކު އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން، ވަޒީފާގެ ކަންކަން އަލުން ހަމަޖެހޭ ތާރީހާ ހަމައަށް އޭނާ އަދާކުރި މަގާމުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާ ފެނަކައިން ދޭންޖެހޭނެ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެ އެވެ. އެކަންކަން ތަންފީޒު ކުރުމަށް ފެނަކައަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.
މި ލިއުމާއި ގުޅޭ