Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤަތަރު

ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ގަތަރުގެ ދެ މަތިންދާބޯޓެއް ފުރައިފި

ދޯހާ (ނޮވެމްބަރ 14) - ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ޣައްޒާގެ އާންމުންނަށް އެހީވުމަށް ގަތަރުން ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ފީލްޑް ހޮސްޕިޓަލުގެ ސާމާނު ބަރުކޮށްގެން ދެ މަތިންދާ ބޯޓެއް ބުދަ ދުވަހު މިސްރަށް ފުރައިފި އެވެ. ގަތަރުގެ ޚާރިޖީ ވުޒާރާއިން ވަނީ އެހީގެ ކުއްލި ޝިޕްމަންޓް ވާހަކަ ސޯޝަލް މީޑިއާގައި އިއުލާނުކޮށްފައެވެ.
ގަތަރުގެ މަތިންދާ ބޯޓު ޖެއްސޭނީ ޣައްޒާ ބޯޑަރު ކައިރީގައި އޮންނަ މިސްރުގެ ސިޓީއެއް ކަމަށްވާ އެލް އާރިޝް އަށެވެ. އެތަނުން އިންސާނީ މުދާ ޣައްޒާއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިއެހީގެ ބިނާވެފައިވަނީ ހީނަރުވެފައިވާ ބޭސްފަރުވާގެ ޚިދުމަތްތައް ހަރުދަނާކުރުމަށެވެ.
ބޯޓުގައި ހުރި ތަކެތީގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވި ފަލަސްތީނު މީހުންނަށް ފަރުވާ ދިނުމަށް މޮބައިލް ފީލްޑް ހޮސްޕިޓަލެއް ގާއިމުކުރުމަށް ބޭނުންވާ ތަކެތި ހިމެނެ އެވެ. އަދި އެހެނިހެން ހާއްސަ އެހީތަކުގެ ތެރޭގައި ރަޖައާއި، ގޮދަޑި ފަދަ ސާމާނުވެސް ހިމެނެއެވެ.
އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ވަރަށް ބޮޑަށް ސުންނާފަތިވެފައިވާ ޣައްޒާގެ އުމްރާނީ ވަސީލަތްތައް ވެސް ވަނީ އެއްކޮށް ބިމާހަމަވެފައެވެ. ހާލުގައި ޖެހިފައިވާ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްޢަޤުވާމީ މުޖުތަމަޢުއިން ދަނީ ގޮވާލަމުންނެވެ.
ޤަތަރަކީ ޒަމާނުއްސުރެ ޣައްޒާއަށް އިންސާނީ އަދި އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ. އެ ގައުމުން މި މަސައްކަތް ކޮށްފައި މިވަނީ ހަނގުރާމަ ހުއްޓާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ޣައްޒާގެ އިންސާނީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން ހަލާކުވެފައިވާ ކަރަންޓާއި ފެނުގެ ނެޓްވޯކްތައް އަލުން އާރާސްތުކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ގަތަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ތަޅާލާފައިވާ އެތައް ހާސް ގެއެއް އަލުން އިމާރާތް ކުރުމަކީ ދިގު މުއްދަތަކަށް އިސްކަންދޭނެ ކަމެކެވެ.

ޣައްޒާގައި މަރުވި މީހުންގެ އަދަދު 11،200 އިން މައްޗަށް އަރާފައިވާއިރު، ގަތަރުން ދަނީ އިސްރާއީލުގެ ބޮމުގެ ހަމަލާތަކާއި ބްލޮކްޑައުންގެ ދަށުގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދެގުނަ ކުރަމުންނެވެ.

މި އެހީގެ ޝިޕްމަންޓުން ދައްކުވައިދެނީ ހަމަނުޖެހުންތައް ހުއްޓުވުމަށް ދުނިޔޭގެ ބާރުތަކުން މަސައްކަތް ކުރަމުން އަންނައިރު، މި މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ގަތަރުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމެވެ.
މި ލިއުމާއި ގުޅޭ