Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

އަދީބާއި ޒިޔަތަކީ، ޔާމީނަށް އިންތިހާބުގެ ފުރުސަތު ނުދިނުމަށް ބޭނުންކުރި ހަތިޔާރު: ޖަމީލް

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާ ކުރީގެ ނައިބުރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގެ ފުރުސަތު ނުދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުންކުރި ހަތިޔާރު ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ބޮޑު ހިޔާނާތުގައި ހިމެނޭ ވ. އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރި 11 އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފު ދިގުދަންމަމުން ދާއިރު، އަދަބު ލުއިކޮށްދިނުމާއި މައާފުދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން އަދީބާއި ޒިޔަރު އިއްޔެ ވަނީ މިނިވަންކޮށްފަ އެވެ.
އެކަމާ ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމްގެ ވެރިކަމުގެ ދައުރު ނިންމަވާލެއްވީ ރައީސް ޔާމީނަށް އިންތިހާބުގެ ފުރުސަތު ނުދިނުމަށް ރާވައި، އެކަން ތަންފީޒު ކުރުމުގައި ކަމަށެވެ.
އެގޮތުން އަދީބާއި ޒިޔަތަކީ އެކަމަށް ބޭނުންކުރި ހަތިޔާރުކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
މި މަހު 17 ގައި ދައުރު ނިމޭ ރައީސް އިބްރާހީމްގެ ވެރިކަމުގައި ބާކީ އޮތް ދެތިން ދުވަހު އަދީބާއި ޒިޔަތު މިނިވަން ކުރުމުން ޑރ. ޖަމީލް ސިފަކުރެއްވި ގޮތުގައި އިއްޔެ އަކީ ގައުމެއްގެ ހައިސިއްޔަތުން ހުތުރު ދުވަހެކެވެ.
"މިއަދު ރައީސް ޔާމީންގެ އިސްތިއުނާފު ދިގުދެމި އަދިވެސް ޖަލު ހުކުމުގައި. އަދީބުގެ ޓެރަރިޒަމްގެ ކުށްފަދަ ބޮޑެތި ކުށްތައް ވަނީ ޕާކުކޮށްފަ. ބޮޑު ހިޔާނާތުގެ ހުރިހާ ދައުވާތަކަކަށް ގަނޑުކޮށް އަދަބު ކަނޑައަޅައި މާފު އެކުރީ،" ޖަމީލް ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ފަރާތުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ފުރަތަމަ ނިންމެވީ ރައީސް ޔާމީނެވެ. އަދި ރަނިންމޭޓަކަށް ހަމަޖެއްސެވީ ޖަމީލެވެ. އެކަމަކު ރައީސް ޔާމީނަށް ޕާޓީގެ ރިޔާސީ ޓިކެޓު އަރުވާފައި ވަނިކޮށް ކުރި 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނަށް ވާދަ ނުކުރެވުނީ އެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މުގުލުގައި ތިއްބެވިކަމަށް ދައުލަތުން ތުހުމަތުކުރާ އަދީބާއި ޒިޔަތުވެސްވަނީ އެބޭފުޅުންގެ މައްޗަށް އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅިގެން ކުރި ދައުވާތަކަށް އިއުތިރާފުވެވަޑައިގެންފައެވެ. އެ ބޭފުޅުން އެ ދައުވާތަކަށް އިއުތިރާފުވެވަޑައިގަތީ އެ މައްސަލާގައި ދައުލަތާއެކު ހެއްދެވި އެއްބާރުލުންދިނުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެ އެއްބަސްވުމުގެ ދަށުން ދައުވާތަކަށް ދެ ބޭފުޅުން އިއުތިރާފުވެވަޑައިގެންނެވުމުން އެ ބޭފުޅުންނަށް އިއްވާފައިވަނީ އެ ދައުވާތަކަށް އިއުތިރާފުވެވަޑައިނުގެންނެވިނަމަ އަންނާނެ އަދަބުތަކާ އަޅާބަލާއިރު ވަރަށް ކުޑަ ހުކުމެކެވެ. އެ އެއްބަސްވުމުގެ ދަށުން އެ ދެ ބޭފުޅުންވެސްވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން ދައުވާކުރާ ހުރިހާ މައްސަލައެއްގައިވެސް ހެކިބަސް ދެއްވާފައެވެ.
އެގޮތުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ވ.އާރަށު މައްސަލާގައިވެސް އަދީބާއި ޒިޔަތު ހެކިބަސް ދެއްވިއެވެ. ދިފާއުން އަބަދުވެސް ފާހަގަކުރާ ގޮތުގައި އެ ބޭފުޅުންނަކީ ރައީސް ޔާމީނާމެދު އަދާވާތްތެރިކަމެއް އޮތް ބޭފުޅުންތަކެއްކަމުގައިވާތީއާއި، ވައްކަމާއި ޚިޔާނާތުގެ ކުށަށް އިއުތިރާފުވެވަޑައިގެންފައިވާތީ، އެބޭފުޅުން ދައްކަވާ ވާހަކަފުޅުތަކަށް ބުރަދަން ލިބޭނެ އިތުރު ހެއްކެއް ނެތި އެބޭފުޅުންގެ ހެކިބަސް ބަލައިނުގަނެވޭނެއެވެ.
މި ލިއުމާއި ގުޅޭ