Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚާރިޖީ ވުޒާރާ

ރާއްޖޭގައި ތިބެގެން ފްރާންސް، ސްޕެއިން އަދި ޕޯޗުގަލް އަށް ވިސާ ނެގޭ ގޮތް ހަދައިފި

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން، ޝެންގެން ވިސާގައި ގައުމުތަކަށް ދަތުރުކުރާ މީހުންނަށް ރާއްޖޭގައި ތިބެގެން ފްރާންސް، ސްޕެއިން އަދި ޕޯޗްގަލް އަށް ވިސާ ނެގޭ ގޮތް ހަދައިފި އެވެ.
ޔޫރަޕް ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ވީއެފްއެސް ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް 2020 ވަނަ އަހަރު މާލޭގައި ވަނީ ހުޅުވާފަ އެވެ.
އެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ވީއެފްއެސް މާލެ ވިސާ ސެންޓަރު ރަސްމީކޮށް ސްވިޓްޒަލެންޑުން މިދިޔަ އޮގަސްޓު މަހު ވަނީ ގުޅިފަ އެވެ. އެއާއެކު މާލެ ސެންޓަރު މެދުވެރިކޮށް ސްވިޓްޒަލެންޑް، ބެލްޖިއަމް، ނެދަލެންޑްސް، ޕޮލެންޑު، ލަގްޒެމްބޮރގް އަދި ސްލޮވީނިއާ ޝެންގެން ވިސާއަށް އެޕްލައިކުރެވޭ ގޮތް ވަނީ ހަދާފަ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މިދިޔަ އޮގްސްޓު މަހު ވިސާއަށް އެޕްލައިކުރެވޭގޮތް ހެދި ގައުމުތަކުގެ އިތުރުން، އިއްޔެއިން ފެށިގެން ފްރާންސް، ސްޕެއިން އަދި ޕޯޗްގަލްގެ ޝެންގެން ވިސާއަށް ވީއެފްއެސް މާލެ ސެންޓަރު މެދުވެރިކޮށް މިހާރު އެޕްލައި ކުރެވޭނެ ކަމަށެވެ.
މީގެ ކުރިން އެ ގައުމުތަކަށް ޝެންގެން ވިސާ ނަގަނަށް ދިވެހިން ދާންޖެހެނީ އަވަށްޓެރި ސްރީލަންކާއަށެވެ.
މި ލިއުމާއި ގުޅޭ