Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައިސްލޭންޑް

ބިންހެލުމުގެ ނުރައްކާ ބޮޑުވެ އައިސްލޭންޑްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ރެކްޖާވިކް، އައިސްލޭންޑް (ނޮވެމްބަރ 13) - އައިސްލޭންޑުގެ ހުޅަނގު ދެކުނުގައި އޮންނަ ރެކްޖާންސް ޕެނިންސިއުލާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.
އައިސްލޭންޑްގެ ސިވިލް ޕްރޮޓެކްޝަން އޮތޯރިޓީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ވެރިރަށް ރެކްޖާވިކްއާ ހަމައަށް އައި 5 މެގްނިޓިއުޑްގެ ދެ ބިންހެލުމާ ގުޅިގެންނެވެ. އޮކްޓޯބަރު މަހުގެ ފަހުކޮޅުން ފެށިގެން އެ ސަރަހައްދަށް 24،000 އަށް ވުރެ ގިނަ ބިންހެލުން އައިސްފައިވެ އެވެ.
އައިސްލޭންޑްގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ގްރިންޑަވިކް އަވަށުގެ ވަށައިގެން އުފެދިފައިވާ ބާރުގަދަ ބިންހެލުމުގެ ސަބަބުން "ދުވަސްކޮޅެއްގެ ތެރޭގައި" އަލިފާން ފަރުބަދަތައް ގޮވުން އެކަށީގެންވާ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށުގެ 4،000 މީހުންނަށް އިވެކުއޭޝަން ޕްލޭންތައް ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޯސްޓްގާޑުގެ އުޅަނދު ތޯރް ސަލާމަތީ ބޭނުމަށް ގްރިންޑަވިކަށް ފޮނުވައި، މަޝްހޫރު ބްލޫ ލެގޫން ޖިއޯތަމަލް ޓޫރިސްޓް ސައިޓް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބަންދުކޮށްފަ އެވެ.
ސައިންސްވެރިންބުނީ މެގްމާ ޖަމާވެފައި ވަނީ ބިންގަނޑުގެ ފަސް ކިލޯމީޓަރު އަޑިން ކަމަށާއި، އޭގެ ސަބަބުން މެގްމާ ފަޅައިގެން ގޮސްފިނަމަ އަލިފާން ރޯވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އައިސްލޭންޑްގައި 33 އެކްޓިވް ވޮލްކަނިކް ސިސްޓަމް ހުންނައިރު، މިއީ ޔޫރަޕުގައި އެންމެ ގިނަ އިން އަލިފާން ފަރުބަދަ ހުންނަ ޤައުމެވެ.
އާބާދީ ބޮޑު ސަރަހައްދުތަކާ ދުރުގައި ގިނަ ފަހަރަށް އެ ތަކެތި ފެތުރެމުންދާއިރު އައިސްލޭންޑްގެ ގޮވުމުގެ ސަބަބުން ޔޫރަޕްގެ އެކި ސަރަހައްދުތަކުގައި ވައިގެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ބުރޫ އަރާނެ އެވެ. 2010 ވަނަ އަހަރު އައިޖައްޖައްލަޖޯކުލް ގޮއްވާލި ހާދިސާގައި އެއް ލައްކަ ފްލައިޓް ކެންސަލްކޮށް 10 މިލިއަން ފަސިންޖަރުން ތާށިވި އެވެ.
އޮފިޝަލުން ބުނަނީ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ކައިރީގައި ވާ މުޖުތަމައުތަކަށް އަލިފާނުގެ ހާދިސާއެއް ހިނގައިދާނެ ކަމުގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.
މި ލިއުމާއި ގުޅޭ