Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ވަހީދު (ވައްޑެ(

އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތުމުން އޭނާގެ ލަފާ ރަނގަޅެއް ނުވާނެ: ވައްޑެ

އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އޮތުމުން، މަޖިލީހާމެދު ނުރަނގަޅު ތައައްސުބެއް އޮންނާނެތީ އޭނާ ދެއްވާ ލަފާ ރަނގަޅު ނުވާނެ ކަމަށް އުނގޫފާރު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ވައްޑެ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިސްބަތްވެވަޑައިގަންނަވާ، ޑިމޮކްރެޓްސް ޕާޓީގެ މެންބަރަކު ނޫން އެހެން ޕާޓީއެއްގެ މެންބަރަކު ރިޔާސަތުގައި އިންނަވައިގެން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށް ގެންދިއުމަށް އޭޖީ ލަފާ ދެއްވުމާ ގުޅިގެންނެވެ.
އިއްޔެގެ މަޖިލީހުގެ ޖަލްސާއަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު އެޖެންޑާކޮށްފައި އޮއްވައި، ޑިމޮކްރެޓްސްގެ ޕީޖީން ނިޒާމީ މައްސަލަ ނަގައި އެދުނު ގޮތަށް، އެމްޑީޕީން ގަރާރު ހުށަހަޅާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށާއި އެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލިފުށީ ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ހަސަން އަފީފް ވަނީ ނިންމަވާފަ އެވެ.
އެ ނިންމެވުމާ ގުޅިގެން އޭޖީ ރިފްއަތު ރޭ އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގައި ވިދާޅުވީ މެންބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލައަކާ ގުޅިގެން، ރައީސް ނަޝީދުގެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ރިޔާސަތުން އިއްޔެ ނިންމެވީ ގަވާއިދާ ހިލާފަށް ކަމަށެވެ.
އަދި މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް އެޖެންޑާ ކުރެވޭ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސްގެ ނުފޫޒު އޮތް މެންބަރަކު ބެލެހެއްޓުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވެ، ޑިމޮކްރެޓްސް ނޫން މެންބަރެއްގެ ރިޔާސަތުގައި ނަޝީދުގެ މައްސަލަ ކުރިއަށްގެންދަން އޭޖީ ލަފާދެއްވި އެވެ.
އެކަމާ ގުޅިގެން ވައްޑެ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އޮތުމުން މަޖިލީހާ ގުޅިގެން ދެއްވާ ލަފާ ރަނގަޅު ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފަ އެވެ.
"ރައްޔިތުން މަޖިލީހުގައި މިހާރުވެސް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އޮތުމުން މަޖިލީހާމެދު ނުރަގަޅު ތައައްސުބެއް އޮންނާނެ ކަމަށް ދެކެން،" އޭޖީގެ ލަފާ ބަލައިނުގަނެވޭނެ ކަމަށް ދޭހަވާ މޭރުމަކުން ވައްޑެ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމުގެ ތުހުމަތުގައި އޭޖީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ މެއި މަހު މަޖިލީހަށް ވެއްދީ ޕީޕީއެމް/ޕީއެންސީ، ޖުމްހޫރީ ޕާޓީ، އެމްއެންޕީ އަދި ޑިމޮކްރެޓްސް މެންބަރުން ގުޅިގެންނެވެ. އެކަމަކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ 13 މެންބަރެއްގެ ސޮއާއެކު ހުށަހެޅި އެ މައްސަލަ މިހާރު އޮތީ ހުއްޓިފަ އެވެ.
މި ލިއުމާއި ގުޅޭ