Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޑްވަޓޯރިއަލް

ގިނަ ހިދުމަތްތަކާއެކު "ކުއިން ސެލޫން އެންޑް އެސްތެޓިކް ސްޓޫޑިއޯ" ހުޅުވައިފި

ބިއުޓީ އެންޑް މޭކަޕް އަދި ހީލިންގެ ގިނަ ހިދުމަތްތަކާއެކު "ކުއިން ސެލޫން އެންޑް އެސްތެޓިކް ސްޓޫޑިއޯ" މާލޭގައި ހުޅުވައިފި އެވެ.
ރޭ ހުޅުވި އެ ސެލޫނުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ހެއާ ޓްރީޓްމަންޓާއި، ހެއާ ސްޓައިލިންގެ އިތުރުން ސްކިން އެންޑް ބިއުޓީ ޓްރީޓްމަންޓްސް އަދި މޭކަޕް ކުރުން ހިމެނެ އެވެ.
އެކްރިލިކް ނެއިލް އާޓް ސްޓޫޑިއޯއެއް ވެސް ހިމެނޭ އެ ސެލޫނުން އެންމެ ޒަމާނީ މެނިކިއޯ އަދި ޕެޑިކިއޯގެ ހިދުމަތް ލިބޭނެ އެވެ.
ކުއިން ސެލޫނުން ބުނި ގޮތުގައި އެ ސެލޫންގެ ހިދުމަތްތަކަކީ ހަމައެކަނި ބޭރުގެ ރީތިކަމަށް ހާއްސަ ސެލޫނެއް ނޫނެވެ. އޭގެ ބަދަލުގައި އިންޓާނަލް ހީލިންގ އަށް ހާއްސަކޮށްގެން، އެ ސެލޫންގެ ހީލިން ރޫމުން ގައިގެ ތަދުތަކަށް ލުޔެއް ހޯދައިދިނުމަށް ހިދުމަތްތައް ލިބޭނެ އެވެ.
މާލޭގައި އަލަށް ހުޅުވި އެ ސެލޫން ހުންނާނީ ގ. ރިމާލް، ލޮނުޒިޔާރާތް މަގުގަ އެވެ.
އެފަރާތުން ބުނި ގޮތުގައި ހައި އެންޑް ސަރވިސަސް، ޓްރެޑިޝަނަލް ސެލޫނަކާއި ލަގްޒަރީ ސެލޫނެއްގެ އެންމެ ބޮޑު ތަފާތަކީ އެތަނުން ދޭ ހިދުމަތްތަކާއި ކުއިން ސެލޫނަށް ޒިޔާރަތްކުރުމުން ކްލައިންޓަށް އިހްސާސްކުރެވޭ ލަގްޒަރީ އިހުސާސެވެ. އެގޮތުން ކުއިން ސެލޫނުން ލިބޭ އެކްސްކްލޫސިވް ލަގްޒަރީ ހިދުމަތްތައް ރާއްޖޭގެ އެހެން ތަނަކުން ހޯދަން އުނދަގޫވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ތިޔަބޭފުޅުންގެ އެކްސްޕެކްޓޭޝަނަށް ވުރެ ހިދުމަތްތައް ރަނގަޅުވުން. ގެސްޓެއްގެ ގޮތުގައި އައިސް ރައްޓެހިންގެ ގޮތުގައި ނިކުންނަ އާއިލީ މާހައުލެއް ތަޖުރިބާކޮށްލުން،" ކުއިން ސެލޫން އިން ބުންޏެވެ.
ކުއިން އިން ބުނި ގޮތުގައި އެ ސެލޫންގެ ސްޓާފުންނަކީ ހެއާ، ވެކްސް، އަދި މަސާޖްގެ ހުރިހާ ގޮތަކުން ފުރިހަމައަށް ތަމްރީނުވެފައިވާ މުވައްޒަފުންނެވެ. އަދި ބިއުޓީ އިންޑަސްޓްރީގެ އެންމެ ފަހުގެ ޓްރެންޑްތަކާ ކީޕް އަޕް ކުރުމަށް އެ ސެލޫންގެ މުވައްޒަފުން އަބަދުވެސް ތަމްރީނުތައް ހަދަމުން ގެންދާނެ ކަަމށް ވެސް ބުންޏެވެ.
މި ލިއުމާއި ގުޅޭ