Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

އިސްރާއީލަށް ނިސްބަތްވާ 5 ސިފައިން މަރާލައިފި

އިސްތިއުމާރީ ދައުލަތެއް ކަމަށްވާ އިސްރާއީލުގެ ސިފައިން ހޮނިހިރު ދުވަހު އިއުލާން ކުރި ގޮތުގައި ފަލަސްޠީނުގެ ހަނގުރާމަވެރިންނާ އެކު ޣައްޒާ ސަރަހައްދުގައި ހިންގި ހަނގުރާމަތަކުގައި އިސްރާއީލަށް ނިސްބަތްވާ 5 ސިފައިން މަރުވެއްޖެއެވެ.

އިސްރާއީލް ސިފައިން މައުލޫމާތު ދީފައިވާގޮތުގެ 5 މީހުން މަރުވުމުގެ އިތުރުން، އެތައް ސިފައިންނެއް ޒަހަމްވެފައިވެއެވެ.

އިސްރާއީލުގެ 'ވައިނެޓް ނިއުސް' ވެބްސައިޓުން އަސްކަރީ ބަޔާނަކާ ހަވާލާދީ ބުނެފައިވަނީ, ޣައްޒާގެ އުތުރުގެ 'ބެއިޓް ހަނޫންގައި' ބޫބީ ޓްރެޕް ކޮށްފައިހުރި ޓަނަލެއްގައި ހަތަރު ސިފައިން މަރުވެފައިވާއިރު ފަސް ވަނަ ސިފައިންގެ މީހާ މަރުވެފައިވަނީ އުތުރުގައި ހިންގި ހަނގުރާމަތަކުގައިކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ބިމުގެ އޮޕަރޭޝަންތައް ހިންގަން ފަށާފައިވަނީ އޮކްޓޯބަރުމަހުގެ 23 ވަނަ ދުވަހުގައެވެ. އޭގެ ފަހުން އިސްރާއީލަށް ނިސްބަތްވާ 43 ހަނގުރާމަވެރިން މަރުވެފައިވެއެވެ. މި ހަނގުރާމައަށް ބަލައިލުމުން، އިސްރާއީލް ހަނގުރާމަވެރިން އަނދާޒާ ކުރިވަރައް ވުރެއް ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތައް ވަރުގަދަކަން ހާމަވެގެންދެއެވެ. އެގޮތުން ޣައްޒާގެ އެކި ސަރަހައްދުތަކުން އިސްރާއީލް އަސްކަރިއްޔާއާ ކުރިމަތިލާން ޖެހިފައިވަނީ ވަރުގަދަ ހަމަލާ ބަދަލު ކުރުން ތަކަކާއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްޠީނުގެ ދެކޮޅުވެރި ޖަމާއަތް 'ހަމާސް' އިން ބޯޑަރު ހުރަސްކޮށް ދިން ހަމަލާއަށް ފަހު އިސްރާއީލުން ވަނީ ޣައްޒާއަށް ވައިގެ މަގުންނާއި ބިމުން މަޑުކުރުމެއްނެތި އާނމުންނާއި ކުޑަކުދިންނަށް އަމާޒުވާގޮތަށް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ޣައްޒާގެ އެތައް ހޮސްޕިޓަލުތަކެއް ސުއްނާފަތިވެ، އެތައް މިސްކިތްތަކަކާއި އިމާރާތްތަކެއް ބިމާއި ހަމަވެފައިވެއެވެ.

އިސްރާއީލުން މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 1،200 އަށް އަރާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކާއިރު، ފަލަސްޠިނުގެ 11،078 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 4،506 ކުޑަކުދިންނާއި 3،027 އަންހެނުން ހިމެނެއެވެ.

މަޝްހޫރު އެތައް ޝަހްސެއް ދެކޭ ގޮތުގައި މި ހަނގުރާމައިގައި ކުއްވެރިވަނީ ފަލަސްޠީނެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާއަކީ ހަނގުރާމައިގެ ފެށުން ކަމުގައި ޕިއާސް މޯގަން ފަދަ މަޝްހޫރު ނޫސްވެރިން ދެކެމުން ދާއިރު 1948 ކުން ފެށިގެން މިއަދާހަމައަށް އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ އުދުވާނީ ހަމަލާތަކަށް ކަނު ލޮލެއް ދެމުންދެއެވެ. ސީ.އެން.އެން ފަދަ ބޮޑެތި ނޫސްތަކުން އެއްވެސް ހެއްކަކާއި ނުލާ ފަލަސްޠީނާ ދެކޮޅަށް ހަބަރުތައް ފަތުރަމުންދާއިރު ފޭސްބުކް އަދި ޓިކްޓޮކް ފަދަ ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ދަނީ ފަލަސްޠީނުގެ ހަބަރުތައް ޑިލީޓު ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ