ލަންކާގެ ބަންޑަރަނައިކް އިންޓަނޭޝަނަލް އެއާޕޯޓުން ފިސްތޯލައެއް އޮތްކަމަށް ތުހުމަތުކޮށް، ރާއްޖެ އަންނަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުން ހައްޔަރު ކުރި މީހަކީ އުމުރުން 58 އަހަރުގެ ދިވެއްސެކެވެ. ބީ.އައި.އޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި އެ މީހާ ހައްޔަރު ކުރެވުނީ ރޭގެ ވަގުތެއްގައެވެ.
58 އަހަރުގެ ދިވެހި މީހާ ހައްޔަރުކުރީ މާލެ އައުމަށް ބީ.އައި.އޭ ގެ ޑިޕާޗާ ލޯންޖުގައި ހުއްޓައެވެ. އެ މީހާގެ ދަބަސް ސްކޭން ކުރުމުގެ ތެރޭގައި ރިވޯލްވަރެއް ފެނިފައިވާކަމަށް ބީ.އައި.އޭ އިން މައުލޫމާތުދީފައިވެއެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށްވެސް ކަޓުނަޔަކް އެއާޕޯޓު ފުލުހުން ބުނެފައިވެއެވެ.
ދިވެހި ބައެއް ނޫސްތަކުން މި މައްސަލާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހާގެ އަތުން ފެނުނީ ރިވޯލްވާއެއްގެ ގޮތަށް އޮތް ލައިޓަރެެކެވެ.