Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

މިދިޔަ އޮކްޓޯބަރު މަހު ރެކޯޑް އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކޮށްފި

މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ މިދިޔަ އޮކްޓޫބަރުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އޮކްޓޫބަރުގައި 159،141 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރިއެވެ. މިއަދަދަކީ މިދިޔަ އަހަރު މިހިސާބަށް ބަލާލާއިރު 3.5 ޕަސެންޓު އިތުރު އަދަދެކެވެ. އެހެންކަމުން މިދިޔަ އޮކްޓޯބަރުގައި މިވަނީ ރިކޯދް އަދަދަކަަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއީ ޓޫރިޒަމްގެ ހައި ސީޒަންކަމުން ޓޫރިސްޓުން އަންނަ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މި ހިނގާ ނޮވެމްބަރުގެ ފުރަތަމަ އަށް ދުވަހުގެ ތެރޭގައި ވެސް ޓޫރިސްޓުން އައި އަދަދު ކުރީ އަހަރުތަކަށް ވުރެ މަތި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގޮތުން މި މަހުގެ މިހާތަނަށް 41،000އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާއިރު، މިހާރު ދުވާލަކު ޓޫރިސްޓޫން އަންނަ އަދަދަށް ޓޫރިސްޓުން އަންނަ ކަމުގައި ވަނީ ނަމަ މި މަހު ވެސް ރެކޯޑް އަދަދަކަށް ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވެއެވެ.

  • 2019-2023 އޮކްޓޫބަރުގައި ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު:
  • • 2019 - 141،929
  • • 2020 (ކޮވިޑު އަހަރު) - 21،520
  • • 2021 - 142،066
  • • 2022 - 153,737
  • • 2023 - 159,141

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ރަޝިއާ އާއި އިންޑިއާ އާއި ޗައިނާ އޮތީ ލިސްޓުގެ އެންމެ ކުރީގައެވެ. ގަދަ ފަހެއްގައި ދެން އޮތީ އިނގިރޭސިވިލާތާއި ޖަރުމަނެވެ.

މި އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 1.56 މިލިއަންއެވެ. މިއީ މިދިޔަ އަހަރަށް ވުރެ 12.8 ޕަސެންޓު އިތުރު އަދަދެކެވެ.
މި ލިއުމާއި ގުޅޭ