Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިމެނުއަލް މެކްރޮން

އަންހެނުންނާއި ތުއްތު ކުދިން މެރުން ހުއްޓާލުމަށް މެކްރޮން އިސްރާއީލަށް ގޮވާލައްވައިފި

ޣައްޒާގައި "އަންހެނުންނާއި ތުއްތު ކުދިން މެރުން" ހުއްޓާލުމަށް ފަރެންސޭސި ރައީސް މެކްރޮން އިސްރާއީލަށް ގޮވާލައްވައިފި އެވެ.
ފަރަންސޭސިވިލާތާއި އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ، މިސްރާއި އެކު އޮންނަ ރަފާ ބޯޑަރު ހުރަސްކޮށް، އިންސާނީ އެހީތެރިކަން އިތުރުކުރުމަށް އިސްރާއީލަށް ޕްރެޝަރު ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ.
ޣައްޒާއަށް ބޮން އެޅުން ހުއްޓާލުމަށް ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން އިސްރާއީލުގެ ކިބައިން އެދިވަޑައިގެންފައިވާއިރު، މެކްރޮން ވަނީ ހަނގުރާމަ ހުއްޓާލުމަށް ބާރު އަޅުއްވައި، އެހެން ލީޑަރުން ވެސް އޭނާގެ ގޮވާލުމުގައި ބައިވެރިވުމަށް އެދިވަޑައިގެން، އިޒްރޭލުން މިހާރު ދެމުން އަންނަ ބޮމުގެ ހަމަލާތަކަށް އެއްވެސް ޖަސްޓިފިކޭޝަނެއް ނެތް ކަމަށް ބީބީސީއަށް ވިދާޅުވެފަ އެވެ.
އެއްވެސް ކުށެއްނެތް އަންހެނުންނާއި، ކުޑަކުދިން މަރަމުން އެދަނީ، އެފަދަ ހަމަލާތަކެއް ދޭންޖެހޭ އެއްވެސް ސަބަބެއް އަދި ސައްހަކަމެއް ވެސް ނެތް. އެހެންވީމާ ، އިޒްރޭލަށް އަޅުގަނޑުމެން އިލްތިމާސްކުރަން ހަމަލާތައް ހުއްޓާލަން. މެކްރޮން ވިދާޅުވިއެވެ.
މެކްރޮންގެ މި ވާހަކަތަކަކީ ޣައްޒާގައި އިސްރާއީލުން ހަނގުރާމަ ކުރަމުންދާ ގޮތާ މެދު އެންމެ ބޮޑަށް މިހާތަނަށް ފާޑުކިޔަމުން އިސްރާއީލުގެ ހުޅަނގުގެ ބައިވެރިއެއްގެ ފަރާތުން އިވިފައިވާ ވާހަކަތަކެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ތެލްއަވީވްއިން ވަށާލާފައިވާ ޣައްޒާއަށް ބޮމުގެ ހަމަލާދެމުން އަންނައިރު، ފަލަސްތީނުގެ 11،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި 4،506 ކުޑަކުދިންނާއި 3،027 އަންހެނުންނާއި އުމުރުން ދުވަސްވީ 678 މީހުން ހިމެނެއެވެ.
އެ ހަމަލާތަކުގައި ފަލަސްތީނުގެ 27،400 މީހުން ވަނީ ޒަހަމްވެ މިލިޔަނެއްހާ މީހުންގެ ގެދޮރު ގެއްލިފަ އެވެ.
މި ލިއުމާއި ގުޅޭ