އުރީދޫގެ އެމް-ފައިސާ ބޭނުންކުރާ ކަސްޓަމަރުންނަށް، މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.
އުރީދޫއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ބްލެކް ޕާލް، މީޓް ސްޓްރީޓް، ގްލޯރިއާ ޖީންސް، ޕިއްޒާ އެންޑް ޕާސްތާ މާމާ މިއާ، ހޮޓް ޑިޝް އަދި ވީއާރް ކެފޭގެ ގޭމްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް، ބިލްގެ 10 ޕަސެންޓް އަނބުރާ ވޮލެޓަށް ވަގުތުން ޖަމާވާނެ ކަމަށެވެ.
މި ޕްރޮމޯޝަނަކީ އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހަކަމާއި ހިތްހަމަޖެހުން އިތުރުކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕްރޮމޯޝަނެއް ކަމަށް އުރީދޫއިން ބުންޏެވެ.
އެމް-ފައިސާއަކީ ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ޓްރާންސްފާ ކުރުމާއި، ފިހާރަ، ރެސްޓޮރެންޓް އަދި ކެފޭ ފަދަ ތަންތަނަށް އިތުބަރާއެކު ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ވޮލެޓް އެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ޚިދުމަތްތަކާއި މީޑިއާނެޓް ފަދަ ގިނަ ޚިދުމަތްތަކަކަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.
އެކުންފުނިން ބުނީ އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ޑިޖިޓަލް ވޮލެޓަށް ކޭޝްއިން ކުރެވޭނެކަމަށެވެ. ހަމަ އެއާ އެކު، އެމް-ފައިސާ މެދުވެރިކޮށް ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިނގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ފަދަ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވޭނެއެވެ.
އެމް-ފައިސާއަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓާ ކުރާނެ ގޮތް:
އުރީދޫއިން ބުނީ އެމް-ފައިސާގެ ފަސޭހަކަމާއި ޚާއްޞަ އޮފާތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް މި ޚިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ.