Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

އިންޑިއާއާއެކު މިހާރުވެސް މަޝްވަރާކުރެވިއްޖެ، ސިފައިން ބޭލޭނެކަން ޔަގީން: އިންތިޚާބީ ރައީސް

އިންތިޤާލީ މަރުހަލާގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާ ގުޅޭ ގޮތުން ދެ ބުރެއްގެ މަތިން އެ ޤައުމާއެކު މަޝްވަރާކުރައްވާފައިވާކަމަށާއި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވައިލެއްވޭނެކަމުގެ ސައްތައިން ސައްތަ ކަށަވަރުކަން އެބައޮތްކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދޭ އިންތިޚާބީ ރައީސް ހުވައިކުރެއްވުމުގެ ކައުންޓްޑައުން ޕްރޮގުރާމް "ދިވެހީންގެ ރާއްޖެ" ޕްރޮގުރާމުގެ ޖުމްހޫރީ ދުވަހުގެ ޚާއްޞަ ޕްރޮގުރާމަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވިދާޅުވީ، އިންޑިއާ ސިފައިންގެ މައްސަލާގައި އެމަނިކުފާނުގެ ކުރިފުޅުމަތީގައި އޮތް ސުވާލަކީ އެ މައްސަލަ ހައްލުކުރާނެ ގޮތާ ގުޅޭ ސުވާލެއް ކަމަށެވެ.

ޑރ.މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި އެ މައްސަލައަކީ މަގުމަތިން ހައްލުކުރެވޭނެ މައްސަލައެއް ނޫނެވެ. އެ މައްސަލާގައި ރައްޔިތުން ވަކި ގޮތެއް މިހާރު ނިންމާފައި އޮތުމުން ސަރުކާރުގެ ނިޒާމުތަކުގެ ތެރެއިން އިންޑިއާއާއެކު މަޝްވަރާކޮޕށްގެން މައްސަލަ ހައްލުކުރެއްވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ޓްރާންސިޝަން ޕީރިއެޑްގެ ތެރޭގައި ވެސް ދެ ފަހަރަކު އިންޑިއާ ސަފީރާ އަޅުގަނޑު ބައްދަލު ކޮށްފިން ވަރަށަށް ގިނަ ވާހަކަ ވެސް ދެކެވިއްޖެ ވަރަށް ސުލްހަވެރި ވަރަށް ރީތިކޮށް ވަރަށް ބިނާ ކުރަނިވި ވާހަކަ ދެކެވިއްޖެ އިރާދަ ކުރެއްވިޔާ މިކަން ހާސިލުވާނެ އިންޑިއާވެސް ގަބޫލު ކުރޭ ރާއްޖޭގެ ރައްޔިތުންގެ ނިންމުން އެއީ ރައްޔިތުން ބޭނުން ނުވާ ގޮތަކަށް ބޭރު ސިފައިން ތިބޭކަށް އެއި އިންޑިއާ ވެގެނެއް ނޫން.،" އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އަދި އެމަނިކުފާނު އިތުރަށް ވިދާޅުވީ މިވަގުތު އިންޑިއާ ސިފައިންގެ ވާހަކަދެކެވެނީ މިހާރު ރާއްޖޭގައި ތިބީ އެ ޤައުމުގެ ސިފައިންކަމަށްވާތީ ކަމުގައެވެ. އެހެން ޤައުމެއްގެ ސިފައިން ތިބިނަމަ އެވާހަކަވެސް ދެކެވޭނެ ކަމުގައި އެމަނިކުފާނނު ވިދާޅުވިއެވެ. އަދި މައްސަލައަކީ އިންޑިއާވީމާ އޮތް މައްސަލައެއް ނޫންކަން އެ ޤައުމުންވެސް ޤަބޫލުކުރާކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

"އިންޑިއާ ސިފައިން މިތާ ތިބީ އެހެން ގައުމެއްގެ ސިފައިން ވިޔަސް ރައްޔިތުން އެއޮތީ ނިންމާފައި އެއްވެސް ގައުމެއްގެ ސިފައިން ތިބެން ބޭނުން ނުވާ ކަމަށް. ކޮންމެ ބޭނުމެއްގަ ކަމުގައި ވިޔަސް ހެލިކޮޕްޓަރު ދުއަވަން ކަމަށް ވިޔަސް އެހެން ކަމަކު ވިޔަސް އެއްވެސް ގައުމެއްގެ ސިފައިން ތިބެގެން މިއުޅެނީ... އިންޑިއާ ވެސް ގަބޫލު ކުރޭ އަޅުގަނޑުވެސް ދިވެހި ރައްޔިތުން ވެސް މި އެދެނީ މިއީ އިންޑިއާ ވެގެން އުޅޭ މައްސަލައެއް ނޫންކަން،" ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތަކީ ބުރަ މަސައްކަތެއްކަން ޤަބޫލުކުރައްވާކަން ފާހަގަކުރެއްވުމާއެކު، އިންތިޚާބީ ރައީސް ވިދާޅުވީ މަސައްކަތް ބުރަ ނަމަވެސް އެ މަސައްކަތް ރަނގަޅަށް ކުރެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެ. އަދި މިހާތަނަށް އެކަމުގައި ކުރެއްވުނު މަސައްކަތްޕުޅުން އެކަމުގައި ރަނގަޅު ނަތީޖާއެއް ނެރެވި ކާމިޔާބު ހާސިލުކުރެއްވޭނެ ކަމުގެ ޔަގީންކަން އައުވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އިންޑިއާއަކީ ރާއްޖެއާ ދުރުނުކުރެވޭނެ އަވައްޓެރިއެއް ކަމަށެވެ. އަދި އެ ޤައުމުން ރާއްޖެއަށް އެތައް އެހީއެއް ފޯރުކޮށްދީފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ގުޅުން މިހާރުވެސް އޮތް ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް އޮންނާނެ ކަމަށާއި، އުފެދިފައިވާ މައްސަލައަކީ މިހާރުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން އުފެދުނު މައްސަލަތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެނާ އިންޑިއާ މީ ދުރު ނުކުރެވޭނެ ގާތް ދެ ގައުމު ކައިރި އަވަށްޓެރިން، އަޅުގަނޑުމެނަށް އެތައް އެހީތެރި ކަމެއް މީގެ ކުރީގައި ވެސް ފޯރު ކޮށްދީފައިވާ ގައުމެއް މިހާރު ވެސް ފޯރުކޮށް ދެމުންދޭ ކުރިޔަށް އޮތްތާނގައި ވެސް ގުޅުން އޮންނާނެ . މި ސަރުކާރުގައި މި އޮތް ހާރިޖީ ސިޔާސަތުގެ ސަބަބުން އުފެދިފައި އޮތް މަސައްލަތައް ނޫނީއްޔާ މައްސަލައެއް ނެތް. އެކަންކަން ހައްލުކޮށް ދެ ގައުމުގެ އެކީގައި ކުރުިޔަށް ގޮސް އަދި ދެން ހުރި ހުރިހާ ގައުމަމާއެކު ވެސް އަޅުގަނޑު ކުރިޔަށް ދާނީ" ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ