Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

މިއަދުވެސް ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ހިނގާކަމަށް

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މި ސަރަހައްދުގައި މިހާރުވެސް 7،000 ޔުނިޓުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ދެއްވި އެމަނިކުފާނުގެ ވަދާއީ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ، މި ފަސް އަހަރުގައި ރާއްޖެއާއި އަތޮޅު ތެރޭގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ބިމުގެ ޖާގަ އިތުރުކުރުމަށް ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުން ގުޅިފަޅާއި، ގިރާވަރުފަޅާއި، ހުޅުމާލޭ 3 ވަަނަ ފިޔަވައްސާއި، އުތުރުތިލަފަޅު ހިއްކުމަކީ މާލެ ސަރަަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ ހައްލު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މާލެ ސަރަހައްދުން ދޫކުރަން ހަމަޖައްސާފައިވާ 9،000 އަށްވުރެ ގިނަ ގޯތީގެ ތެރެއިން، 6000 އަށްވުރެ ގިނަ ގޯތީ ފަތް މިހާރު އެގޯތި ލިބުނު ފަރާތްތަކަށް ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މަސައްކަތުގެ އެކި މަރުހަލާގައި ހުރި ޖުމްލަ 7،700 ފުލެޓުގެ މަސައްކަތް މާލޭ ސަރަހައްދުގައި މިހާރު ކުރިއަށް އެބަދޭ. އަތޮޅު ތެރޭގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ފާއިތުވި ފަސް އަހަރުގައި 2732 ހައުސިން ޔުނިޓުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށް ގެންދިޔައިން،" ރައީސް އިބްރާހީމް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވި ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް"އިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަސްޓްރަކްޗާއިން ހޯދާފައިވާ ހިސާބުތަކަށް ބަލާއިރު ސެޕްޓެންބަރު މަސް ފެށުމާ ހަމައަށް ސަރުކާރުން މާލެ ސަރަހައްދުގައި ފަށާފައިވަނީ 4،000 ހައުސިން ޔުނިޓުގެ މަސައްކަތެވެ. މި ދައުރުގައި އެ ޔުނިޓުތަކުގެ މަސައްކަތް ނިމޭނެކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް އެތަންތަނުގެ މަސައްކަތް ދައުރުގެ ތެރޭގަައި ނިމިފައިނުވެއެވެ.

އަދި ހަމަ އެ މުއްދަތުގައި އަތޮޅު ތެރޭގައި ފެށިފައިވާ ހައުސިން ޔުނިޓުތަކުގެ އަދަދެއްކަމަށް ހައުސިން މިނިސްޓްރީގެ ހިސާބުތަކުން ފެންނަ އަދަދަކީ 1770 ހައުސިން ޔުނިޓެވެ. އޭގެ ތެރެއިން ފަސް އަހަރުން ނިންމައިލެވުނީ 204 ހައުސިން ޔުނިޓުގެ މަސައްކަތްކަމަށްވެސް އެ މިނިސްޓްރީގެ ހިސާބުތަކުން ފެނެއެވެ.

މި ލިއުމާއި ގުޅޭ