Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

ހިތް ގައުވިޔަ ނުދިނުމަށް އޮތް ފަރުވާއަކީ ﷲ ހަނދުމަކުރުންމަތީ ދެމިހުރުން: ހުތުބާ

އިންސާނާގެ ހިތް ގައުވިޔަ ނުދިނުމަށްޓަކައި އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ﷲ ހަނދުމަކުރުންމަތީ ދެމިހުރު ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
"ސަލާމަތްވެގެންވާ ހިތް" މި މައުލޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނި ގޮތުގައި އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ ހިތެވެ. އިންސާނާއަށް ޖަޒާ ލިބުން އޮތީ ހިތުގެ ރަނގަޅުކަމާއި ނުބައިކަމުގެ މައްޗަށެވެ.
އަދި އިންސާނާއަށް ގިޔާމަތްދުވަހުން ސަލާމަތްކަމާއި، އަމާންކަން ލިބޭނީ ހިތް ރަނގަޅު ކުރެވުނު މިންވަރަކުން ކަމަށެވެ. އެގޮތުން އީމާންކަމުން ފުރިގެންވާ ހިތަކަށް މެނުވީ ދުނިޔޭގައި ރަނގަޅު ހަޔާތެއް ނުލިބޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
"ކުފުރާއި، ފާސިގުކަމުން ފުރިފައިވާ ހިތުގެ ވެރިޔާއަށް ލިބޭނީ ﷲ ގެ ކޯފާއާއި މީސްތަކުންގެ ރުޅިވެރިކަން،" ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ބުނި ގޮތުގައި އިންސާނާގެ ހިތް އިސްލާހު ކުރަންވާނީ އެނާގެ ދުނިޔެއާއި އާހިރަތް ރަނގަޅު ކޮށްދޭނެ މަންހަޖާ އެއްގޮތަށެވެ.
އެ މަންހަޖު ބިނާވެފައިވަނީ ހުތުބާގައި ބުނި ގޮތުގައި، ފިތުނަ ފަސާދައިން ހިތް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި، ﷲ އަށް އުރެދުމުން ހިތް ރައްކާތެރިކުރުމަށާއި، ތެދުމަގުގައި ހިތް ދެމެހެއްޓުމަށެވެ. އަދި ދުނިޔެއަކީ އާހިރަތަށްޓަކައި މާތް ﷲ ލައްވާފައިވާ ވަސީލަތެއް ކަމަށް ދެކި، ދުނިޔެއަށް ހެއްލުންތެރި ނުވުން ހިމެނޭ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނި ގޮތުގައި ހިތް ގައުވިޔަ ނުދިނުމަށްޓަކައި ހިތަށް ދޭންޖެހޭ އެންމެ ފުރިހަމަ ފަރުވާއަކީ ﷲ ހަނދުމަކުރުންމަތީ ދެމިހުރުމެވެ. އަދި ﷲ އަށް ތަކްބީރު، ތަހްމީދު، އަދި ތަސްބީހަ ކިޔުންފަދަ އަމަލުތައް ގިނަ ކުރުމެވެ.
"އީމާންކަމުން ބަބުޅާ ހިތްތަކަކީ މި ބިންމަތީގައި ނަސީބުވެރީންނެވެ. އެއީ އާހިރަތުގެ ބާއްޖަވެރީންނެވެ. އެމީހުންނަކީ އިސްލާމްދީން ތަމްސީލުކުރާ ހެޔޮ ނަމޫނާތަކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
އެހެންކަމުން ކޮންމެ އިންސާނަކު ވެސް އޭނާގެ ހިތް ރަނގަޅުކޮށް، އިސްލާހު ކުރުމަށާއި، ހެޔޮ އަމަލުކުރުންމަތީ ދެމިހުރުމަށް މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.
އަދި ތިބާގެ ހިތަކީ ސަލާމަތްވެގެންވާ އެއްޗަކަށް ހެދޭނީ، ހިތް ޝިރުކުން ތާހިރުކޮށްގެންނާއި، ބިދުއަތަކުން ސަލާމަތްކޮށްގެންނާއި، އަފްލަތްތެރިކަމުން ސަލާމަތްކޮށްގެންނާއި، ޝަހްވަތްތަކާ ދުރުހެލި ކޮށްގެންނާއި، އިހްލާސްތެރިކަން ނައްތާލައި ހަވާނަފްސުން ސަލާމަތްކޮށްގެން ކަމަށް ބުނެ، އެކަންކަމުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.
މި ލިއުމާއި ގުޅޭ