Wednesday 9th Oct 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖޫރިމަނާ

ޖޫރިމަނާކޮށްގެން 135 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

ޖޫރިމަނާ ކޮށްގެން 135 މިލިއަން ރުފިޔާ ދައުލަތަށް އާމްދަނީގެ ގޮތުގައި ހޯދައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން މި މަހު 2 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 135 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިއަހަރު ޖޫރިމަނާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 82.7 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މިހާރު އެ އަދަދަށްވުރެ 52 މިލިއަން ރުފިޔާ އިތުރަށް އާމްދަނީގެ ގޮތުގައި އެވަނީ ހޯދާފަ އެވެ.
އަންދާޒާ ކުރި ވަރަށް ވުރެ އިތުރަށް ޖޫރިމަނާކޮށްގެން މިއަހަރު ވެސް ހޯދާފައިވާއިރު މިދިޔަ އަހަރުވެސް އަންދާޒާ ކުރިވަރަށް ވުރެ އިތުރަށް ސަރުކާރުން ޖޫރިމަނާކޮށްގެން އެތައް މިލިއަންއެއް ހޯދާފައިވެ އެވެ.
މިދިޔަ އަހަރު ސަރުކާރުން ޖޫރިމަނާކޮށްގެން ހޯދާނެކަމަށް އަންދާޒާ ކުރީ 62.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަހަރު ނިމުނު އިރު ޖޫރިމަނާކޮށްގެން އާމްދަނީގެ ގޮތުގައި މުޅި ޖުމުލަ 252.1 މިލިއަން ރުފިޔާ ދައުލަތުން ހޯދާފައިވެ އެވެ.
ޖޫރިމަނާގެ ގޮތުގައި މިހާ ބޮޑު އަދަދެއް މިދިޔަ އަހަރުވެސް ސަރުކާރަށް ލިބިފައިވާއިރު ޖޫރިމަނާކޮށްގެ ދައުލަތަށް އާމްދަނީ ހޯދުން ހުއްޓާލައްވާނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ ކެޕްމެއިން ތެރޭ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކުވެސް ޖޫރިމަނާކޮށްގެން ބޮޑެތި އަދަދުތަކުން ސަރުކާރުން ފައިސާ ހޯދައެވެ.
މި ލިއުމާއި ގުޅޭ