Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިލޭ އެހީ

10 މަހުން ހިލޭ އެހީގެ ގޮތުގައި ލިބުނީ އަންދާޒާކުރި އަދަދުގެ 19 އިންސައްތަ

އަހަރު ނިމެން ދެ މަހަށްވުރެ މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ހިލޭ އެހީގެ ގޮތުގައި އަދި ލިބުނީ، މި އަހަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރި މިންވަރުގެ 19 އިންސައްތަ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއަހަރު ފެށިގެން، މި މަހު ދޭއްގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 484.7 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރުވެސް ވަރަށް މަދު އަދަދެކެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި 761.9 މިލިއަން ރުފިޔާ ލިބުނެވެ.
މި އަހަރަށް ސަރުކާރުން އެކުލަވާލި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މިހާތަނަށް ލިބުނު 484 މިލިއަނަކީ އެ އަދަދުގެ 19 އިންސައްތަ އެވެ.
ފާއިތުވި އަހަރުތަކުގައިވެސް އަންދާޒާކުރި ވަރަށް ހިލޭ އެހީ ނުލިބޭއިރު، މިއަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމެނުމުން މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ވެސް އެ އަދަދު ލިބިދާނެކަމާ މެދު ސުވާލު އުފެއްދި އެވެ.
އެމްއެމްއޭއިން ބުނީ ހިލޭ އެހީގެ ގޮތުގައި 2.4 ލިބޭނެ ކަމަށް ސަރުކާރުން ބަޖެޓުކުރި ނަމަވެސް 2020 ވަނަ އަހަރު ނުހިމަނާ ފާއިތުވި ހަ އަހަރުގެ ޓްރެންޑުތަކަށް ބަލާއިރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވެނީ 1.7 ބިލިއަން ރުފިޔާ ކަމަށެވެ.
ސަރުކާރުން ބަޖެޓުގެ ދަރަނި އަންދާޒާކުރަނީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ ފައިސާ އުނިކުރުމަށްފަހު އެވެ. އެހެންވެ، ހިލޭ އެހީ އެވަރަށް ނުލިބި، ހަރަދު ވެސް އިތުރުވުމުން އަންދާޒާކުރާ މިންވަރަށްވުރެ ބަޖެޓުގެ ދަރަނި އަބަދުވެސް ބޮޑުވެ އެވެ.
މި ލިއުމާއި ގުޅޭ