Tuesday 17th Sep 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤަތަރު

ފަލަސްތީނުގެ މައްސަލާގައި ޤަތަރުގެ އަމީރު މިސުރަށް ވަޑައިގެންފި

ފަލަސްތީނަށް އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތަކާއި، އަދިވެސް މިވަގުތަށް ހުރި ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރެއްވުމަށް ޤަތަރުގެ އަމީރު މިސުރަށް ވަޑައިގެންފި އެވެ.
އޭނާ އަކީ 2021 ވަނަ އަހަރު ދެ ގައުމުގެ ސިޔާސީ ގުޅުން އަލުން ގާއިމުކުރި ފަހުން މިސްރަށް ވަޑައިގެންނެވި ގަތަރުގެ ފުރަތަމަ އަމީރެވެ.
ގަތަރު ސަރުކާރުގެ ވެބްސައިޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝައިޚް ތަމީމް ގާހިރާއަށް ވަޑައިގަތުމަށް އަންގާރަ ދުވަހުގެ ހެނދުނު ދޯހާއިން ފުރާވަޑައިގެންފައިވާ ކަމަށެވެ. އެމަނިކުފާނުގެ އަރިހުގައި ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ އާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅު މި ކުރައްވަނީ ގަތަރާއި މިސްރާއި ދެމެދު ޒަމާނުއްސުރެ އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެކެވެ. ޓެރަރިޒަމަށް ތާއީދުކުރާ ކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރު މިސްރުން ވަނީ ސައުދީ އަރަބިއްޔާ އާއި އެހެނިހެން ފަރާތްތަކާ އެކު ގުޅުން ކަނޑާލައި ގަތަރަށް ހުރަސް އެޅުމުގައި ބައިވެރިވެފަ އެވެ.
ނަމަވެސް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އަލުން ގާއިމުކުރުމަށް ވަނީ އެއްބަސްވެފަ އެވެ. މިކަމުގެ ސަބަބުން އާ ބާބެއް ހުޅުވި، އެއްބާރުލުން އިތުރުކުރުމަށް މަގު ފަހިވެގެން ދިޔައެވެ.
ޝައިޚް ތަމީމް ގާހިރާގައި ހޭދަކުރައްވާ ދުވަސްތަކުގައި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީއާ ބައްދަލުކުރައްވާނެ އެވެ. ފަލަސްތީނު މައްސަލައިގެ އިތުރުން، އިޤްތިޞާދީ، އިންވެސްޓްމަންޓް އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާނެއެވެ. އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ ހިމެނޭ ގޮތަށް ސަރަހައްދީ މައްސަލަތައް ވެސް އެޖެންޑާ ކުރާނެ ކަމަށް ބެލެވެ އެވެ.
ތަޖުރިބާކާރުން ބުނަނީ ފާއިތުވި އަހަރުތަކުގައި ގަތަރުގެ އަމީރަކު މިސްރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ ސަބަބުން މިއީ ކުރީގެ ވާދަވެރިންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާކަމުގެ އިޝާރާތެއް ކަމަށެވެ. މިޞްރަކީ އާދަޔާ ޚިލާފު ބާރަކަށްވުމުން ގާތް ގުޅުމުގެ ސަބަބުން މި ސަރަޙައްދުގައި ގަތަރަށް އިތުރު ނުފޫޒެއް ފޯރާނެއެވެ. މިސްރަށް ގަތަރުގެ އިންވެސްޓްމަންޓުން އިގްތިސާދީ ކުރިއެރުމެއް ލިބޭނެ އެވެ.
ކުރީގެ އަރަބި ވާދަވެރިން މަސްލަހަތު އަލުން އެކުލަވައިލުމާއެކު ސަރަހައްދީ ސިޔާސީ މަސްރަހު ބަދަލުވަމުންދާ ގޮތް މި ދަތުރުގައި ދައްކުވައިދެ އެވެ.
މި ލިއުމާއި ގުޅޭ