Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގއ.ވިލިނގިލި

ވިލިނގިލީގައި އަންހެނަކު ރޭޕުކުރިކަމަށް ތުހުމަތުވާ 3 މީހެއްގެ މައްޗަށް ދައުވާކޮށްފި

ގއ.ވިލިނގިލީގައި އަންހެނަކު ރޭޕުކުރިކަމަށް ތުހުމަތުވާ 3 މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފިއެވެ.

މި މައްސަލާގައި ޕީޖީ އޮފީހުން ދައުވާކޮށްފައިވަނީ ލ.ގަން މަތިމަރަދޫ، ދަނބުރުދޮށުގޭ އިބްރާހީމް ރިޟާއާއި، ގއ.ވިލިނގިލި ކެޔޮވިނި އަޙްމަދު ޝާލްއާއި، ގއ.ވިލިނގިލި މަލަސް މުޙައްމަދު މާއިލް މިހާދުގެ މައްޗަށެވެ.

މި ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައިވަނީ ރޭޕުކުރުމުގެ ކުށެގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. މި ދައުވާތައް އުފުލާފައިވަނީ ކުރިމިނަލް ކޯޓުގައެވެ.

މި ތިން މީހުންނާ ދެކޮޅަށް ކުށުގެ އަމަލު ސާބިތުކުރަން ބޭނުންވާ ހަރުދަނާ ހެއްކާއި ޤަރީނާ ލިބިފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އެގޮތުން ހެކިބަސްދޭ މީހުންނާއި، ސައިކޮލޮޖިސްޓުގެ ރިޕޯޓުތަކާއި، މެޑިކޯ ލީގަލް ރިޕޯޓުތަކާއި ޑީއެންއޭ ރިޕޯޓުތައް ހިމެނެއެވެ.

ފުލުހުންގެ ބަންދުގައި މިހާރު ތިބި މި ތިން މީހުންގެ މައްޗަށް ރޭޕުގެ ކުށުގެ ތުހުމަތުގައި ދައުވާކުރީ، މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގައި، ގއ.ވިލިނގިލީ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި އަންހެނަކު ގަދަކަމުން ހިފަހައްޓައި، އެތިން މީހުން ވެގެން އޭނާ ރޭޕުކުރިކަމުގެ ތުހުމަތުގައެވެ.

މި ތިން މީހުންގެ ތެރެއިން ރިޟާގެ މައްޗަށް ކެނަބިސް ބޭނުންކުރުމުގެ ދައުވާވެސް ކުރެއެވެ. އެއީ މި މައްސަލާގައި ހައްޔަރުކޮށް އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން ކެނަބިސްއަށް ޕޮޒިޓިވްވުމާ ގުޅިގެންކަމަށް ފުލުހުން ބުންޏެވެ. އެ ކުށް ސާބިތުވެއްޖެނަމ އޭނާގެ މައްޗަށް 3 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި ލިއުމާއި ގުޅޭ