Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

އައު ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާނުކުރެވޭނެ: ޑރ.އަޙްމަދު

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުން މި މަހު 17ގައި އޮތް އިރު، އެދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަކިކުރުމަށް މައްސަލަ އެޖެންޑާ ކުރަން ޖެހޭކަމަށް އެމް.ޑީ.ޕީ އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުނުމުން، އެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ނުރުހުން އަމާޒުވެއްޖެއެވެ.

އިއްޔެ އެކްއަށް ކުރެއްވި ޕޯސްޓެއްގައި އަބްދުﷲ ދީދީ، އެމްޑީޕީގެ ފިކުރަށް ތާއީދު ނުކުރައްވާކަން ފާޅުކުރައްވާ ވިދާޅުވެފައިވަނީ މިމަހު 17ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިޔާތު ބޭއްވުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމްވެގެންވާ ދުސްތޫރީ މަސްއޫލިއްޔަތެއްކަމަށެވެ.

"ބުނެވުނު ޤާނޫނީ ހުވައިގެ މައްސަލަޔަކީ މަޖިލީހުގެ ޖަލްސާޔަކަށް ހުށަހަޅައި، މަޖިލީހުގައި ބަޙުޘުކުރެވި، ވޯޓަށް އަހައި މަޖިލީހުން ގޮތެއް ނިންމަންޖެހޭ ބާވަތުގެ މައްސަލައެއް ނޫން. އެހެންކަމުން، އެއީ އެއްވެސް ޙާލެއްގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 205 ގެ (ރ) އޭގެ މައްޗަށް ތަޠްބީޤުކުރެވޭނެ މައްސަލައެއްވެސް ނޫން."
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ

އަބްދުﷲ ދީދީ ވިދާޅުވެފައިވާ ގޮތުންނަމަ ކަންތައް ކުރަންޖެހޭ މިންގަނޑުން ކަންތައް ނުކޮށް މުޅި ދައުލަތް ހުއްޓުމަކަށް ގެނައުމަކީ ކޮށްގެންވާނޭކަމެއް ނޫނެވެ. މީގެ އިތުރުންވެސް، ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ދުސްތޫރީ އައުލަވިއްޔާތު ޙިމާޔަތްކޮށް ނެގެހެއްޓުމަކީ، ދިވެހި ރައްޔިތުންގެ ޙައްޤެއް ކަމަށްވެސް އަބްދުﷲ ދީދީ ވިދާޅުވެފައިވެއެވެ.

މިމަހު ސަތާރަ ވަނަ ދުވަހު އޮންނަ ރަސްމިޔާތުގެ މުހިއްމުކަން ފާހަގަ ކުރައްވާ، އެއްވެސް ބޭފުޅަކު އަދި ޖަމާއަތަކުން ވިޔަސް އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިޔާތަށް ކިލަނބުކަން ނުގެނައުމަށް އަބްދުﷲ ދީދީ ގޮވައިލެއްވިއެވެ.

އިއްޔެ ސުޕްރީމް ކޯޓުގައި އޮތް އެ މައްސަލައިގެ އަޑުއެހުމުގައި އެކަމާ ގުޅިގެން އެމްޑީޕީގެ ވަކީލު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވެފައިވަނީ، މިމަހު 17ގައި އޮންނަ އިންތިހާބީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިޔާތަކީ މަޖިލީހުގެ ޖަލްސާއެއްކަމަށް ވުމުން އެ ޖަލްސާގައި ކަންކަން އެޖެންޑާ ކުރެވޭނެ ކަމަށާއި، އެ ޖަލްސާގައިވެސް އެންމެ މުހިއްމު އައުލަވިއްޔާތެއް ދެވިގެންދާނީ މަޖިލީހުގެ ރައީސް ރިޔާސަތުން ވަކިކުރުމުގެ މައްސަލައަށް ކަމަށެވެ.

މި ލިއުމާއި ގުޅޭ