Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ކަސްޓަމްސް

މިދިޔަ ދެ މަހު ކަސްޓަމްސް އިން ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

މިދިޔަ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ގާތްގަނޑަކަށް ދެ ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވާކަމަށް އެ އިދާރާއިން ބުނެފި އެވެ.
ކަސްޓަމްސްއިން މިއަދު ބުނި ގޮތުގައި އެ ތަކެތީގެ ޖުމުލަ ބަރުދަން 2.389 ކިލޯއަށް އަރަ އެވެ. އެއީ މިދިޔަ ދެ މަހުގެ ތެރޭގައި ފަސް ފަހަރެއްގެ މަތިން އަތުލައިގަތް ތަކެއްޗެވެ.
އޭގެ ތެރެއިން ހަތަރު ފަހަރު އަތުލައިގަތީ ސިންތެޓިކް ކެތިނޮން އެވެ. އަދި އެއް ފަހަރު މެފެޑްރޯންގެ ބާވަތް އަތުލައިގެންފައިވެ އެވެ.

މިދިޔަ ދެމަހު އަތުލައިގަތް ތަކެތީގެ ތަފުސީލު:

ސެޕްޓެމްބަރު 7: ޗައިނާ މަގުން އެތެރެކުރަން އުޅުނު، 510 ގްރާމްގެ ސިންތެޓިކް ކެތިނޮން
ސެޕްޓެމްބަރު 28: ނެދަލެންޑްސްގެ މަގުން އެތެރެކުރަން އުޅުނު 100 ގްރާމްގެ ސިންތެޓިކް ކެތިނޮން
އޮކްޓޯބަރު 12: ފްރާންސްގެ މަގުން އެތެރެކުރަން އުޅުުނު، 989.6 ގްރާމްގެ ސިތެންޓިކް ކެތިނޮން
އޮކްޓޯބަރު 19: ޗައިނާގެ މަގުން އެތެރެކުރަން އުޅުނު، 520 ގްރާމްގެ ސިތެންޓިކް ކެތިނޮން
އޮކްޓޯބަރު 25: އިނގިރޭސިވިލާތު މަގުން އެތެރެކުރަން އުޅުނު، 270 ގްރާމްގެ މެފެޑްރޯން
މި ލިއުމާއި ގުޅޭ