Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

ފުލެޓުތައް އިންސާފުކޮށް ހައްގުވެރިންނަށް ލިބޭކަން ޑިމޮކްރެޓްސްއިން ކަށަވަރުކުރާނަން: އާޒިމް

މި ސަރުކާރުން މިހާތަނަށް ބިނާކުރަން ފެށި ހަމައެކަނި ފުލެޓުތައްކަމަށްވާ ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅަމުންދާ 4،000 ފުލެޓު، އިންސާފުވެރިކަމާއެކު ހައްގުވެރިންނަށް ލިބޭކަން ދަ ޑިމޮކްރެޓްސްއިން ކަށަވަރުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބަށް ކުޑަތަންވެފައިވަނިކޮށް ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ މަޝްރޫއަށް އެދި ފޯމު ހުށަހެޅި 20،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން، 13،000 މީހުން ޝަރުތު ހަމަވާކަމަށް ކަނޑައަޅައި އެ އެންމެންނަށް ފްލެޓުދޭން ނިންމި ނަމަވެސް މި މަހުގެ 4 ދުވަހުގައި ސަރުކާރުން ވަނީ އޭގެ ތެރެއިން ފްލެޓު ލިބޭ 4،000 މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފަ އެވެ.

ދޭން ނިންމީ މިހާރު ހަދަން ފަށިފައިވާ 4،000 ފްލެޓެވެ. ބާކީ 9،000 މީހުންނަށް ދޭން ނިންމާފައިވަނީ "ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފްލެޓެއް" ލިބޭނެ ކަމުގެ ލިޔުމެކެވެ.

އެއާއެކު 13،000 މީހުންގެ ތެރެއިން ފުރަތަމަ ފްލެޓު ލިބޭ 4،000 މީހުން ހޮވަން ޕޮއިންޓު ދިންގޮތް އިންސާފުވެރި ނޫންކަމަށް ބުނެ ގިނަ ބެއެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.

ސަރުކާރުން އާންމުކޮށްފައިވާ ފުލެޓު ލިސްޓުގައި މާލޭގެ 15 އަހަރު ދިރިނޫޅޭ އެތައް ބަޔަކާއި، މާލޭގައި ގެދޮރާއި ފުލެޓުތައް މިހާރުވެސް ހުރި ގިނަ އަދަދެއްގެ މީހުންނަށް އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންނާ ގުޅުންހުރި ގިނަ ފަރާތްތަކަށް ފުލެޓުތައް ދީފައިވާކަމަށް އާންމުން އަންނަނީ ތުހުމަތުކުރަމުންނެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އަލީ އާޒިމް ވިދާޅުވީ ސަރުކާރުން އަޅަމުންދާ 4،000 ފުލެޓު ނިމެންދާ ސަރުކާރުގެ ވެރިންނާއި މަޖިލީހުގެ ބައެއް މެންބަރުންނާ ގާތް މީހުންގެ ލިސްޓުތަކަށް ބަހާލާފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ފުލެޓު ލިސްޓުގައި ފުލެޓު ލިބޭ މީހުންގެ ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ހުއްސަރިބައި ކޮއްކޯފުޅަކާއި، މި މަޝްރޫޢު ހިންގި ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ އެމްޑީއާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގާތް ގުޅުން އޮތް ބޭފުޅުންތައް ހިމެނޭކަން ފާހަގަކުރެވެއެވެ.

މި ފުލެޓުތައް ދިނުމަށް ޕޮއިންޓު ދީފައިވަނީ ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫންކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީންވަނީ އެއްބަސްވެވަޑައިގެންފައެވެ.

މި ލިއުމާއި ގުޅޭ