ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަނީ ނ. ކެނދިކުޅުދޫ / ކެނދިކޮޅު. ޝާދީވިލާ، ނޫޙް މުހައްމަދު ނައީމް (35އ) އެވެ.
އޭނާ ހާޒިރުވާން ޖެހޭ ގަޑިއެއް ކަމަށް ފުލުހުން ބުނެފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 14:00 އަށް ނ. ލަންދޫ ޕޮލިސް ސްޓޭޝަނަށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މުހައްމަދު ނައީމަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއް ކަމަށެވެ.
ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ.