Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

ރައީސް ނަޝީދުގެ މައްސަލަ ހުށަހަޅައިގެން އުޅެނީ އިންތިޚާބުން ބަލުވުމުން އެކަން ހަޖަމް ނުވެގެން: އާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީއިން ހުށަހަޅައިގެން އުޅެނީ ރިޔާސީ އިންތިޚާބުން ބަލުވުމުން އެކަން ހަޖަމް ނުވެގެން ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ޑިމޮކްރެޓްސްއިން ތަދައްހުލް ވުމާމެދު ގޮތެއް ނިންމުމަށް މިއަދު އެޕާޓީން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މި މައްސަލައިގެ އެންމެ ބޮޑު އެއް ބޭނުމަކީ މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާގެ ހިތައް ތަސައްލީއެއް ގެނައުން ކަމަށެވެ. އަދި މިއީ ޒާތީ މައްސަލަ އެއްގެ ގޮތުގައި އާޒިމް ފާހަގަ ކުރެއްވިއެވެ.

"ހަގީގަތުގައި އެންމެ ބޮޑު އެއް ބޭނުމަކީ މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާގެ ހިތައް ތަސައްލީއެއް ގެނައުން ކަމަށް އަބަދުވެސް އަޅުގަނޑު ތަކުރާރުކޮށް މިދެކެނީ. ޒާތީ މައްސަލައެއްގެ ގޮތުގައި އަޅުގަނޑަށް ފެނިގެން މިދަނީ" އާޒިމް ވިދާޅުވިއެވެ.

ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މިދިޔަ ހަފްތާގެ އަންގާރަ ދުވަސް ފިޔަވައި ހުރިހާ ދުވަހަކަށް އެޖެންޑާ ކުރި ނަމަވެސް، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމްގައި ހުންނެވުމުން މައްސަލަ އޮތީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ.

ނަމަވެސް، އެމްޑީޕީން ބުނަނީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތް ގަވައިދުގައި އޮންނަ ކަމަށެވެ. އެހެންވެ، އެ އުސޫލުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުން އެދި އެމްޑީޕީން ވަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

މި މައްސަލަ ސްޕްރީމް ކޯޓަށް އެމްޑީޕީގެ ފަރާތުން ހުށަހެޅުމާއެކު، ޑިމޮކްރެޓްސްގެ އާންމު މެމްބަރުން ވަނީ އެމައްސަލައަށް ތަދައްހުލް ވާން އެދި ހުށަހަޅައިފައެވެ. ނަމަވެސް ސްޕްރީމް ކޯޓުން ބުނެފައިވަނީ މި މައްސަލަ އަކީ ދުސްތޫރީ މައްސަލައަކަށް ވާތީ އެފަދަ ފަރާތްތަކަށް ތަދައްހުލް ނުވެވޭނެ ކަމަށެވެ. އެހެންވެ، ޑިމޮކްރެޓްސް އިން ނިންމާފައިވަނީ އެމައްސަލައިގެ ތެރެއަށް ސީދާ އެޕާޓީއިން ތަދައްހުލް ވުމަށެވެ.

މާދަމާ ހެނދުނު 9:30އަށް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ ތާވަލްކޮށްފައިވާއިރު، އެ މައްސަލައަށް ތަދައްހުލްވާން ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވެސް ވަނީ ހުށަހަޅާފައެވެ.

މި ލިއުމާއި ގުޅޭ