Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

"ޕެޓްސް އެންޑް ސްޓަފް" މޫލީ އޮންލައިން މާކެޓާ ގުޅިއްޖެ

ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރަށް ބޭނުންވާ ކާނާ އާއި ބޭހާއި އެހެނިހެން ސާމާނު ވިއްކާ "ޕެޓްސް އެންޑް ސްޓަފް" އުރީދޫގެ މޫލީ އޮންލައިން މާކެޓާ ގުޅިއްޖެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕެޓް ގެންގުޅޭ މީހުން ބޭނުންވާ ތަފާތު ޕްރޮޑަކްޓްތައް މޫލީ މެދުވެރިކޮށް އޯޑަރުކޮށްލުމުން އެ ތަކެތި މުޅިން ހިލޭ މޫލީއިން ޑެލިވާ ކޮށްދޭނެ އެވެ.

"ޕެޓްސް އެންޑް ސްޓަފް" އިން ބުނީ އެކުންފުނީގެ މައިގަނޑު މަގުސަދަކީ ޕެޓްގެ ގޮތުގައި ގޭގައި ޖަނަވާރު ގެންގުޅޭ ފަރާތްތަކަށް، ދުޅަހެޔޮކޮށް އެ ޖަނަވާރެއް ގެންގުޅުމަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ފޯރުކޮށް ދިނުމެވެ.

އެގޮތުން "ޕެޓްސް އެންޑް ސްޓަފް" އިން ފޯރުކޮށްދޭ ނިއުޓްރިޝަލް ޕެޓް ފުޑާއި ކުޅޭ ސާމާނާއި އަދި ސާފުކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން އެހެން ތަކެތި ވެސް މިހާރު މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

މޫލީގެ "ޕެޓްސް އެންޑް ސްޓަފް" އިން ލިބެން ހުރި އަގުހެޔޮ ބައެއް އުފެއްދުންތައް:

  • - ނިއުޓްރިޝަލް ޕެޓް ފުޑް: ދުޅަހެޔޮ ސިއްހަތެއްގައި ޕެޓް ގެންގުޅުމަށް ހަކަތަ ކާނާގެ އެކި ބާވަތްތައް.
  • - މުނިފޫހިފިލުވުމަށް ކުޅޭ ތަކެތި: ޒަމްޕާ މަޓަޓަބީ ވޭލް، ޒަމްޕާ މިސްޓަ މަޓާޓަބީ ޓޯއީ، ޒަމްޕާ މިނީ ފިޝް ފަދަ ޕެޓަށް ބޭނުންވާ ކުޅޭތަކެތި.
  • - އަރާމު ނިންޖެއް ހޯދާ ދިނުމަށް ޕެޓަށް ހާއްސަ އެނދު.
  • - ގްރޫމިން އެސެންޝަލްސް: ޕެޓް ގްރޫމިން އަކީ ޖަނަވާރަށް އުފާވެރިކަން ގެނުވައިދޭ ކަމެއް.

އުރީދޫން ބުނީ ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރަކީ ގިނަ މީހުން ދެކޭގޮތުގައި އާއިލާގެ ވަރަށް ލޯބިވާ މެމްބަރެކެވެ. އެހެންކަމުން އާއިލާގެ މެމްބަރުންނަށް ދޭ ލޯތްބާއި އަޅާލުމާއި އަސާސީ ބޭނުންތައް ފުއްދައި ދިނުމަކީ މުހިންމު ކަމެއް ކަމަށް އެކުންފުނިން ވެސް ދެކޭ ކަމަށެވެ.


އެހެން ކަމުން "ޕެޓްސް އެންޑް ސްޓަފް" އަކީ މި ބޭނުންތަކަށް ބޭނުންވާ ސާމާނު ޕެޓް ގެންގުޅޭ ފަރާތްތަކަށް ފަސޭހަ ކަމާއި ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށްވާތީ މޫލީ މެދުވެރިކޮށް އެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފުޅާކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

މި ލިއުމާއި ގުޅޭ