Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުން

ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަކަށް އެލާޓް ނެރެފި

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަކަށް އެލާޓް ނެރެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މީޓިއޮރޮލޮޖިކަލް ސެންޓަރުން ވަނީ މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ހުދު އެލާޓް ނެރެފައެވެ. މެޓް އޮފީހުން ހުދު އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 14:30އަށެވެ.

އެގޮތުން، މެޓް އޮފީހުން ހުދު އެލާޓް ނެރެފައިވަނީ ހއ. އަތޮޅާއި ގއ. އަތޮޅު ސަރަހައްދުގެ ރައްތަކަށެވެ.

ރާއްޖޭގެ މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުން، މިއަހަރުގެ ފަހު 3 މަހު އެހެން އަހަރު ތަކުގެ މިދުވަސްވަރާއި އަޅާކިޔާއިރު މިއަހަރު އިތުރަށް ވިއްސާރަ ކުރާނެއެވެ. އަދި ހަމައެފަދައިން، ފިނި ހޫނު މިނަށްވެސް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

އިއްޔެ އާއި މިއަދު މާލޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން ދާއިރު، ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރު ކުރަމުންދާ ފަތުރުވެރިން ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބަލައި، ވާންޖެހޭ ފުރިހަމަ ތައްޔާރީތައް ވުމަކީ މުހިއްމުކަމެކެވެ.

މި ލިއުމާއި ގުޅޭ